logo
Bank of Maldives

Bank of Maldives

ރިޕޯޓް

ދިވެހި ކުޅިވަރު އައު އުސްމިނަކަށް ގެންދިޔުމަށް 'ވަަން ގޭމް'ގެ ފަހި ދަތުރު: ކުޑަ އިވެންޓަކުން ވަރުގަދަ ބްރޭންޑަކަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޭޕްރީލު 2026 - 09:01
ދިވެހި ކުޅިވަރު އައު އުސްމިނަކަށް ގެންދިޔުމަށް ވަަން ގޭމްގެ ފަހި ދަތުރު: ކުޑަ އިވެންޓަކުން ވަރުގަދަ ބްރޭންޑަކަށް

"ވަން ގޭމް" އަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި، ޚާއްޞަކޮށް މީޑިއާ އާއި އިވެންޓް މެނޭޖްމަންޓްގެ ރޮނގުން ހަލުވި ބާރުމިނެއްގައި ކުރިއަރަމުން އަންނަ ވަރުގަދަ ބްރޭންޑެކެވެ. މިއީ ހަމައެކަނި ކުޅިވަރު މުބާރާތްތަކެއް ބާއްވާ ބައެއް ނޫނެވެ. މީގެ މައިގަނޑު މަގްސަދަކީ ކުޅިވަރުގެ ފޯރީގެ ތެރެއިން މުޖުތަމައުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފެންވަރު ރަނގަޅު، އިންތިޒާމުތައް ފުރިހަމަ މުބާރާތްތަކެއްގެ ތަޖުރިބާ ދިވެހި ކުޅުންތެރިންނަށް ފޯރުކޮށްދިނުމެވެ. ބީޗް ހޭންޑްބޯލް ފަދަ ކުޅިވަރުތަކަށް ޚާއްޞަ އިސްކަމެއް ދީގެން، ވަން ގޭމްއިން ވަނީ ކުޅުންތެރިންނާއި، ކްލަބުތަކާއި، އޮފީސްތަކާއި، ކޮލެޖުތަކުގެ އިތުރުން ސްޕޮންސަރުން އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު ވަސީލަތަކަށް ވެފައެވެ.

ބީޗް ހޭންޑްބޯލްގެ ކުޑަ އިވެންޓަކުން ވަރުގަދަ ބްރޭންޑަކަށް

Ad by Hajj Corporation

Ad by Hajj Corporation

ވަން ގޭމްގެ ބިންގާ އެޅިގެން އައީ 2022 ވަނަ އަހަރު ބޭއްވުނު ގައުމީ ހޭންޑްބޯލް މުބާރާތް ނިމިގެން ދިޔަ ދުވަސްވަރުއެވެ. މި މަސައްކަތުގެ ފަހަތުގައި ތިބީ ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސްގެ މެނޭޖްމަންޓްގައި ހަރަކާތްތެރިވި ދެ ޒުވާނެކެވެ. އެކުވެރިކަން އާލާކޮށް، މުނިފޫހިފިލުވުމުގެ މަގްސަދުގައި ވިލިމާލޭގައި ދިވެހި ހޭންޑްބޯލް ކުޅުންތެރިންނާއި އެކުވެރިންނަށް އަމާޒުކޮށްގެން ހިންގި ބީޗް ހޭންޑްބޯލްގެ ކުޑަ އިވެންޓަކީ މިއަދު މި ފެންނަ ވަރުގަދަ ބްރޭންޑުގެ ފެށުމެވެ.

undefined

ވަން ގޭމް އިން މެނޭޖްކޮށްދިން މުބާރާތެއްގެ ނިމުން ފާހަގަކުރަނީ، ފޮޓޯ: ގާފު ސްޕޯޓްސް

 

މި މަސައްކަތަށް އިތުރު ދިރުމެއް ލިބުނީ 2023 ވަނަ އަހަރުއެވެ. ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސްގެ ފުރިހަމަ އެހީތެރިކަމާއެކު، އެޗް.ޑީ.ސީ އާއި އެކި ސްޕޮންސަރުންގެ އެއްބާރުލުމާއެކު ހުޅުމާލެ ފޭސް 2 ގައި ބޭއްވި މުބާރާތަކީ މި ބްރޭންޑް އިތުރަށް ފުޅާވެ، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ލިބުނު ބޮޑު ފުރުސަތެކެވެ. އެ ދުވަހު އުފެދުނު އިސްނެގުން މިއަދު ވަނީ ރަސްމީކޮށް ކުޅިވަރުގެ ހަރަކާތްތައް ރާވައި ހިންގާ ރާއްޖޭގެ އެންމެ ނިޒާމީ އެއް ޕްލެޓްފޯމަށް ބަދަލުވެފައެވެ.

photo_2026-04-25_14-30-09.jpg

ވަން ގޭމް އިން މެނޭޖްކޮށްދިން މުބާރާތެއްގެ ނިމުން ފާހަގަކުރަނީ، ފޮޓޯ: ގާފު ސްޕޯޓްސް

 

ބޮޑެތި މުބާރާތްތައް ކާމިޔާބުކަމާއެކު ބާއްވައި މެނޭޖްކުރުމުގެ އިތުބާރު

ވަން ގޭމްގެ ދަތުރުގައި 2025 ވަނަ އަހަރަކީ ރަން އަކުރުން ފަވާލެވޭނެ އަހަރެކެވެ. އެ އަހަރުގެ ޖެނުއަރީ މަހު ވަނީ "ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް"، "އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް" އަދި "އިންޓަރ ކޮލެޖު ބީޗް ހޭންޑްބޯލް" މުބާރާތުގެ ފުރަތަމަ އެޑިޝަން ކާމިޔާބުކަމާއެކު ބާއްވާފައެވެ. މިއީ ރާއްޖޭގައި މިހާ ތަރުތީބުކޮށް މިފަދަ މުބާރާތްތަކެއް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން، އެހެން ފަރާތްތަކުން އިންތިޒާމުކުރާ ބޮޑެތި މުބާރާތްތައް މެނޭޖްކުރުމުގެ އިތުބާރުވެސް ވަން ގޭމްއިން ވަނީ ހޯދާފައެވެ. އެގޮތުން:

  • 2025 ވަނަ އަހަރުގެ މޯލްޑިވްސް އެކްސްޕޯގެ ތެރެއިން ބީސީސީ (BCC) އިން ކުރިއަށްގެންދިޔަ މުބާރާތް މެނޭޖްކުރުން.
  • ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބޭއްވި "ތުޅާދޫ ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް" މެނޭޖްކުރުން.

މި ހިނގާ 2026 ވަނަ އަހަރުގެ އޭޕްރީލް 24 ގައި ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ ދެވަނަ އެޑިޝަން ވަނީ ނިމިފައެވެ. އަދި މި އަހަރުގެ ކުރިއަށް އޮތް ތަނުގައި އިންޓަރ އޮފީސް އަދި އިންޓަރ ކޮލެޖު މުބާރާތްތަކުގެ ދެވަނަ އެޑިޝަން ބޭއްވުމަށް ވަނީ ފުރިހަމައަށް ތައްޔާރުވެ ތާވަލުކުރެވިފައެވެ.

photo_2026-04-25_14-26-38.jpg

ވަން ގޭމު އިން މެނޭޖުކޮށްދިން މުބާރާތެއްގެ މެޗެއް ފެށުމުގެ ކުރިން ޝަރަފްވެރިން ސަލާމް ކުރަނީ، ފޮޓޯ: ގާފު ސްޕޯޓްސް

 

ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ގުޅިގެން މަސައްކަތްކުރުން

ވަން ގޭމްގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ގުޅިގެން މަސައްކަތްކުރުމެވެ. މި ބްރޭންޑަކީ ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސްގެ އެފިލިއޭޓް ޕާޓްނަރެކެވެ. ހަމައެއާއެކު، ސަރުކާރުގެ ކަމާބެހޭ ވުޒާރާ ކަމަށްވާ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އާއި، ހޭންޑްބޯލް މޯލްޑިވްގެ ފުރިހަމަ އިތުބާރާއި އެއްބާރުލުން ވަން ގޭމްގެ ކޮންމެ ހަރަކާތަކަށް ލިބެމުންދެއެވެ. މިއީ މި ބްރޭންޑުން ކުރާ މަސައްކަތުގެ ފެންވަރު ހާމަކޮށްދޭ މުހިންމު ހެއްކެކެވެ.

photo_2026-04-25_14-28-28.jpg

ވަން ގޭމުން އޯގަނައިޒް ކުރި މުބާރާތެއްގައި ކުޅުންތެރިއަކު ޓްރޮފީ އުފުލާލަނީ، ފޮޓޯ: ގާފު ސްޕޯޓްސް

 

ދިވެހި ކުޅިވަރު އާއިލާގެ ތެރޭގައި ނުފޫޒުގަދަ ނަމެއް

ކުޑަ އިސްނެގުމަކުން ފެށިގެން އައި ވަން ގޭމް މިއަދު މިވަނީ ދިވެހި ކުޅިވަރު އާއިލާގެ ތެރޭގައި ނުފޫޒުގަދަ، އިތުބާރު ހުރި ނަމަކަށް ވެފައެވެ. ހަރުދަނާ މެނޭޖްމަންޓެއްގެ ދަށުން، ކުޅުންތެރިންގެ ކުރިއެރުވުމަށް މަސައްކަތްކުރާ މި ބްރޭންޑުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހިރާއްޖޭގެ ކުޅިވަރުގެ ފެންވަރު މަތިކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ފަދަ މުބާރާތްތަކެއް އިންތިޒާމުކުރުމެވެ. ވަން ގޭމްގެ ދަތުރަކީ ދިވެހި ޒުވާނުންނަށް އޮތް އުއްމީދީ މިސާލެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ކުޅިވަރު އައު އުސްމިނަކަށް ގެންދިޔުމަށް ވަަން ގޭމްގެ ފަހި ދަތުރު: ކުޑަ އިވެންޓަކުން ވަރުގަދަ ބްރޭންޑަކަށްރިޕޯޓް | 2 ގަޑިއިރު ކުރިންސަޕޯޓުކުރަންވީ ހަމައެކަނި ސީނިއަރ ޓީމަށް ހެއްޔެވެ؟ރިޕޯޓް | 12 ދުވަސް ކުރިންބަހަނާތައްދައްކައިގެން މިފަހަރުގެ ވޯލްޑް ކަޕަށް ދާ ޕޯޗުގަލް ޓީމުން ރޮނާލްޑޯ ބާކީ ކޮށްލުމުގެ މަސައްކަތް ފަށައިފިކުޅިވަރު | 3 މަސް ކުރިންކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ތައިލެންޑާއެކު ސޮއިކޮށްފި ކުޅިވަރު | 5 މަސް ކުރިން