logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި މާފުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
31 މާރިޗު 2026 - 03:30
ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި މާފުކޮށްފި

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދިނުމުގެ ގޮތުން، ކުރިއަށް އޮތް ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާފުކޮށްފިއެވެ.

މިއީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ތަންފީޒުކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވަޢުދު ތަންފީޒުކުރާނެ ގޮތުގެ ތަފްސީލް ހާމަކޮށް، އެޗްޑީސީން ވަނީ ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފްތާގައި ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200,000 ރުފިޔާގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރެވޭނެއެވެ.

އެޗްޑީސީން ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު ހަމަކުރުމަށް، ކުރިއަށް އޮތް ދެ އަހަރުވެސް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، ކުލި މާފުކޮށްދިން ނަމަވެސް މެއިންޓައިނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ 1,000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3,984 ރުފިޔާއެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1,000 ރުފިޔާއާއެކު ކޮންމެ މަހަކު އެޗްޑީސީއަށް ދައްކަން ޖެހެނީ ޖުމްލަ 4,984 ރުފިޔާއެވެ. މި ނިންމުމާއެކު، ކުރިއަށް އޮތް ދެ އަހަރު ދުވަހު ފްލެޓްގެ ވެރިން ދައްކަން ޖެހޭނީ ހަމައެކަނި މެއިންޓަނެންސް ފީއެވެ.

މީގެ އިތުރުން، ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ޖޫރިމަނާތައް ވެސް ސަރުކާރުން މިހާރު ވަނީ މާފުކޮށްދީފައެވެ. މިއީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ސްކޮލަރޝިޕްގައި ބޭނުން ދާއިރާއަކުން މިހާރު ކިޔެވޭނެޚަބަރު | 43 މިނިޓު ކުރިންހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި މާފުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމިއުޅެނީ ރިޔާސީ އިންތިހާބާ، ރިޔާސީ ދައުރާ ވެސް ބެހޭކަށް ނޫން: ޔާއިޝްޚަބަރު | 16 ގަޑިއިރު ކުރިންތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް ދަނީ ކުރިއަށް: ރައީސްޚަބަރު | 19 ގަޑިއިރު ކުރިން