logo
Bank of Maldives

Bank of Maldives

ޚަބަރު

ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެ

ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެ

ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ފުވައްމުލައްސިޓީ، ފުނާޑު، ރިޔާޒް (ހުސްނުހީނާގެ)، އަލްމަރްޙޫމް ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެއެވެ.

ޢަބްދުލްޢަޒީޒު މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތަޢުޒިޔާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕޯސްޓެއްގައި އަލްމަރްޙޫމް ޢަބްދުލްޢަޒީޒުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ، ވިދާޅުވީ ޢަބްދުލްޢަޒީޒު މުޙައްމަދަކީ، ޚިދުމަތްތެރި ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ، ހުނަރުވެރި ކުޅަދާނަ ބޭފުޅެއްކަމަށެވެ. ޚާއްސަކޮށް 1960ގެ އަހަރުތަކުގައި، އައްޑޫ ނޫރާނީ ސްކޫލުގައި އިނގިރޭސިބަހުގެ ޓީޗަރެއްގެ ގޮތުގައި އެތައް ކުއްޖަކަށް އުނގަންނައިދެއްވުމާއި އޭގެފަހުން ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރު ކުރެއްވުމުގައި ދިގުމުއްދަތެއް ވަންދެން އުޅުއްވި ބޭފުޅެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ޕޯސްޓު ނިންމަވާލެއްވީ، މަރްޙޫމް ޢަބްދުލްޢަޒީޒު މުޙައްމަދު ވަކިވެވަޑައިގަތުމަކީ، ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ގެއްލިދިޔުންކަން ފާހަގަކުރައްވާ، މަރުޙޫމަށް މާތްﷲގެ ރުއްސެވުމާއި ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެޚަބަރު | ގަޑިއިރެއް ކުރިންސްކައުޓް ހަރަކާތަކީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއް: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންރާއްޖޭގެ ކަނޑު މަހުން ނަގާ ޓެރިފް ކަނޑާލުމުގެ ކާމިޔާބީ ހޯދައިދިން ރައީސްރިޕޯޓް | ދުވަހެއް ކުރިންދަނބިދޫއަށް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ޢަބްދުﷲ ޝަރީފް ނިޔާވުމާ ގުޅިގެން ރައީސް ގެ ތައުޒިޔާޚަބަރު | ދުވަހެއް ކުރިން