logo
Bank of Maldives

Bank of Maldives

ޚަބަރު

ހިލޭ ގުރުއާން ކިޔަވައިދޭ ކްލާސްތައް ހުޅުމާލޭގައި ފަށައިފި

އައިޝަތު ނަޝާ
29 މާރިޗު 2026 - 10:17
 ހިލޭ ގުރުއާން ކިޔަވައިދޭ ކްލާސްތައް ހުޅުމާލޭގައި ފަށައިފި

ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީ އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ގުރުއާން ކްލާސްތައް މިއަދު ފަށައިފިއެވެ.

އެޗްޑީސީން ބުނީ މިއީ ހުޅުމާލޭގައި ގުރުއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާ އާއި އެ ކޯޕަރޭޝަނާއި ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން އެ ކްލާސްތަކުގައި ވަނީ ބައިވެރިވެފައެވެ.

ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލެވި، ރަޖިސްޓްރޭޝަން މަރުހަލާ މިހާރު ވަނީ ނިމިފައި ކަމަށް އެޗްޑީސިން މައުލޫމާތުދެއެވެ.

އެ ގުރުއާން ކްލާސްތައް މިއަދު ފަށާފައިވާއިރު، ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ކުދިން ވަކިން ސެޝަންތަކަކަށް ބަހާލައިގެން، ހުޅުމާލޭގެ އެކި މިސްކިތްތަކުގައި ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.އަދި ކްލާސްތަކުގައި ގުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ކިޔަވައިދިނުން ކުރިއަށްގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުން ކަމަށް އެޗްޑީސީން ބުނފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ، ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް އިތުރުކޮށް ފުޅާ ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައި ވެސް މުޖްތަމައުއަށް ފައިދާހުރި އެފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެ ކޯޕަރޭޝަންގެ އަމާޒެއް ކަމަށްވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ސަރުކާރުން ދިން ގޯތިތަކުން އެޗްޑީސީ އަށް 16 ބިލިއަން ރުފިޔާގެ ގެއްލުމެއްޚަބަރު | 19 ދުވަސް ކުރިންނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 79 އިންސައްތަ މަސައްކަތް ނިންމާލައިފިޚަބަރު | 19 ދުވަސް ކުރިންހުޅުމާލޭގައި ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފިޚަބަރު | 20 ދުވަސް ކުރިންއެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފިޚަބަރު | 21 ދުވަސް ކުރިން