logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީން ސަރުކާރުން ދިން ގޯތިތަކުން އެޗްޑީސީ އަށް 16 ބިލިއަން ރުފިޔާގެ ގެއްލުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 މޭ 2026 - 10:10
އެމްޑީޕީން ސަރުކާރުން ދިން ގޯތިތަކުން އެޗްޑީސީ އަށް 16 ބިލިއަން ރުފިޔާގެ ގެއްލުމެއް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ހިލޭ ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމްގެ ސަބަބުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބެން އޮތް އާމްދަނީން 16 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ހާއްސަ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި މި ރިޕޯޓުގައިވާ ގޮތުން، ހުޅުމާލެ ފޭސް 2 އަދި 3 އިން ދޫކުރި 2.8 މިލިއަން އަކަފޫޓުގެ ބިމުގެ ސަބަބުން އެ ކުންފުންޏަށް މުސްތަގުބަލުގައި ލިބެން ހުރި 14.85 ބިލިއަން އާއި 15.93 ބިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ވަނީ ގެއްލިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން 4,120 ފަރާތަކަށް 1,408 ގޯތި ދޫކޮށްފައިވެ އެވެ. މި ބިންތަކަކީ އަސާސީ އެކި ހިދުމަތްތައް ފޯރުކޮށްދޭން އެޗްޑީސީން ކަނޑައަޅާފައި ހުރި 563,642 އަކަފޫޓުގެ ބިން ހިމެނޭހެން ދޫކޮށްފައިވާ ބިންތަކެކެވެ. މީގެ ސަބަބުން ހުޅުމާލެ ޕްލޭންވެގެން ހިންގާ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އޮޑިޓުން ބުނެފައިވެ އެވެ.

"މި މާލީ ގެއްލުމުގެ ސަބަބުން، ކުންފުނީގެ އާމްދަނީން ހިންގުމުގެ ހަރަދުތައް ދެކޮޅުނުޖެހުމާއި، ކުންފުނިން ދައްކަން ޖެހޭ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާން ޖެހުމުގެ މާލީ ހިރާސް އޮތް ކަމަށް ފާހަގަކުރެވޭ،" އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

އަދި މި ސްކީމްގެ ދަށުން ގޯތި ދިނުމަށް މީހެއްގެ ބޮލަކަށް 3.9 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، މިއީ ހިޔާ ފްލެޓް މަޝްރޫއާ އަޅާބަލާއިރު 70 އިންސައްތަ އަދި ގެދޮރުވެރިޔާ މަޝްރޫއާ އަޅާބަލާއިރު 63 އިންސައްތަ ބޮޑު އަދަދެކެވެ.

އެޗްޑީސީއަށް ލިބުނު ގެއްލުން ފޫބައްދަން ސަރުކާރާއި އެ ކުންފުންޏާ ދެމެދު 5.4 ބިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް މިދިޔަ އަހަރު ވަނީ އެއްބަސްވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 3.8 ބިލިއަން ރުފިޔާގެ އަގުހުރި ކ. ފުށިދިއްގަރުފަޅު (ރަސްމާލެ) އާއި، މީރާއަށް ދައްކަން ޖެހޭ ޓެކްސް އާއި ފިނޭންސް މިނިސްޓްރީގެ ލޯނުތަކުން އުނިކުރި ފައިސާ އެވެ.

ނަމަވެސް، އޮޑިޓާ ޖެނެރަލް ވަނީ މި ބަދަލާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ ބަދަލުގެ ގޮތުގައި ދިން ރަސްމާލެއަކީ ބިން ހިއްކައިގެން އާމްދަނީއެއް ލިބުމަށް އެތައް ޒަމާނެއް ނަގާނެ ތަނެއް ކަމަށާއި، އެއީ ހުޅުމާލެއާ އެއްވަރުގެ އަގެއް ލިބޭނެ ބިމެއް ނޫން ކަމަށެވެ. އަދި މިއީ އެޗްޑީސީއަށް ސީދާ އާމްދަނީގެ ގޮތުގައި ލިބޭ ބަދަލެއް ނޫންކަން ވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީން ސަރުކާރުން ދިން ގޯތިތަކުން އެޗްޑީސީ އަށް 16 ބިލިއަން ރުފިޔާގެ ގެއްލުމެއްޚަބަރު | ގަޑިއިރެއް ކުރިންނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 79 އިންސައްތަ މަސައްކަތް ނިންމާލައިފިޚަބަރު | 6 ގަޑިއިރު ކުރިންހުޅުމާލޭގައި ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފިޚަބަރު | ދުވަހެއް ކުރިންއެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފިޚަބަރު | 2 ދުވަސް ކުރިން