އެޗްޑީސީން 7 ރަށެއްގެ އައުޓްޑޯ ޖިމް ނިންމާލައިފި
27 ސެޕްޓެމްބަރު 2026 - 10:26

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތޮޅުތަކުގައި ގާއިމުކުރަމުންދާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން ހަތް ރަށެއްގެ ޖިމް ނިންމާލައިފި އެވެ.
އެޗްޑީސީން ބުނީ ނެޝަނަލް ފިޓްނަސް ޕްލޭނާއި އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ، ރިޔާސީ ވައުދު ފުއްދުމަށް އެހީތެރިވެ ދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ގާއިމުކުރުމަށް ހަމަޖެހިފައިވާ، އައުޓްޑޯ ޖިމްތަކުގެ ތެރެއިން، ހަތް ރަށެއްގެ ޖިމް ގާއިމުކޮށް ނިމިފައިވާ ކަމަށެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ ނުނިމި ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމާލުމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ގާއިމުކުރާ މި ޖިމްތަކުގައި ހުންނާނީ ފެންވަރު ރަނގަޅު ޒަމާނީ އިކުއިޕްމަންޓްތައްކަން އެޗްޑީސީން ފާހަގަކުރެ އެވެ.
ޖިމް ގާއިމުކޮށް ނިމުނު ހަތް ރަށް
- އއ. ފެރިދޫ
- އއ. އުކުޅަސް
- އދ. ދިގުރަށް
- އދ. ފެންފުށި
- އދ. މާމިގިލި
- އދ. މަންދޫ
- ބ. ގޮއިދޫ
އެޗްޑީސީ ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ ކުންފުނީގެ ސީއެސްއާރުގެ ދަށުން، ދިވެހި މުޖުތަމައުއަށް ފައިދާހުރި މިފަދަ އިތުރު މަޝްރޫއުތައް ވެސް މުސްތަގުބަލުގައި ކުރިއަށް ގެންދިއުން ކަމަށެވެ. އެޗްޑީސީން މިހާރު ވެސް ވަނީ ވަރަށް ގިނަ ސީއެސްއާރު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގާފަ އެވެ.


