ކުލި ގަވާއިދުން ނުދައްކާތީ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގި ބިން އަތުލައިފި
2 ނޮވެމްބަރު 2026 - 13:26

ގިނަ ދުވަސްތަކެއް ވަންދެން ކުލި ނުދައްކައިގެން ހުޅުމާލޭގައި ރިވެލި ބީޗް ރެސްޓޯރަންޓް ހިންގަމުން އައި ބިން ،ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ގެންނަން ނިންމާފައިވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ނިންމުމާ ގުޅިގެން ސޮލާރިސް ހޮސްޕިޓަލިޓީއަށް އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި އެއްވެސް ޚިދުމަތެއް ދިނުން މިހާރު ވަނީ މަނާކޮށްފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އަޅަން ޖެހުނީ އެ ބިމުގެ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީއެވެ. އަދި މި ނިންމުން ނިންމާފައިވަނީ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި، ފައިސާ ދެއްކުމަށް އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށް ފަހު، އެއްބަސްވުމުގެ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުން މިފަދަ ނިންމުމެއް ނިންމަނީ ހުޅުމާލޭގައި އާންމުންނަށް ޚިދުމަތްދޭ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށް ފަހު ކަމަށާއި،އަދި އެ ކޯޕަރޭޝަނުގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ އެންމެހައި ފަރާތްތަކަށް ވެސް އަބަދުވެސް ފަހި މާހައުލަކާއި ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމުގައި އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

-01.jpg&w=3840&q=75)
