logo
MPL

MPL

ޚަބަރު

ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އައިޝަތު ނަޝާއައިޝަތު ނަޝާ
19 އޮކްޓޯބަރު 2026 - 12:21
ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ހަދައި، ބައެއް ސްޕީޑު ބްރޭކަރުތައް ބަދަލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.

މިއީ، އެކްސިޑެންޓުތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކޯޕަރޭޝަނުން ފަށާފައިވާ މަސައްކަތެކެވެ. އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އެ މަސައްކަތް ފެށީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލަފަޔާއެކުގައި ކަމަށެވެ.

މިމަސައްކަތުގެ ތެރެއިން ސްޕީޑު ބްރޭކަރުތަކުގެ އިތުރުން މަގުމަތީގެ ނިޝާންތައް ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މިހާރު އެޗްޑީސީން ހަދަން ފަށާފައިވާ ސްޕީޑު ބްރޭކަރުތަކަކީ، ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރުގައި ހަރުކޮށްފައިވާ ޑިޒައިންގެ ތާރު ބަންޕަރުތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޑީސީން އިތުރަށް ބުނީ، ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަޤުސަދަކީ ދުއްވާ މީހުންނަށް ރައްކާތެރިކަމާއެކު މަގުތައް ބޭނުންކުރަން ފުރުސަތު ހޯދާދިނުން ކަމަށެވެ.

HU_ZSgEaQAASH-f.jpg

 

މީގެ ކުރިން ވެސް އެ ކޯޕަރޭޝަނުން ހުޅުމާލޭގެ މަގުތަކުގައި ބަންޕަރު ހެދިއެވެ. އޭރު ވެސް މަގުމަތީ އެކްސިޑެންޓްތައް %70 އާއި 80% އާ ދެމެދަށް މަދުވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެހެންނަމަވެސް، އޭރު ހަރުކުރި ބަންޕަރުތަކުގެ ޑިޒައިންއާއި މެޓީރިއަލްއާ ގުޅޭ ގޮތުން އާންމުން ފާޅުކުރި ކަންބޮޑުވުންތަކުގެ ސަބަބުން އެ ބަންޕަރުތައް ވަނީ ނަގާފައެވެ. އަލަށް އެޗްޑީސީން ހަދަން ފަށާފައިވާ ބަންޕަރުތަކަކީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރުގައި ހަރުކޮށްފައިވާ ޑިޒައިންގެ ތާރު ބަންޕަރުތަކެކެވެ.

އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ޤާނޫނާއި ޤަވާއިދުތަކަށް ބަދަލު ގެންނަވަމުންނެވެ. އަދި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން މި މަހުގެ 22 އިން ފެށިގެން، ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ ތައްޔާރުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ %50 އިން ކުލި ނުދައްކާ: އެޗްޑީސީޚަބަރު | 12 ދުވަސް ކުރިންއެޗްޑީސީން 7 ރަށެއްގެ އައުޓްޑޯ ޖިމް ނިންމާލައިފިޚަބަރު | 22 ދުވަސް ކުރިންމުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީޚަބަރު | މަހެއް ކުރިން