logo
Bank of Maldives

Bank of Maldives

ޚަބަރު

މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ

އައިޝަތު އިނާޝާ
23 ސެޕްޓެމްބަރު 2026 - 14:02
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ

ހުޅުމާލޭ ފޭސް އެކެއްގައި ވިޔަފާރި އަދި އިޖްތިމާއީ އެކި ހަރަކާތްތަކަށް މިހާރު ބޭނުންކުރަމުން އަންނަ ރުއްގަނޑު 2 ސަރަހައްދުގައި އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމަށް ހާއްސަކޮށް ޒަމާނީ ފެންވަރުގެ ބޯލިންގ އެރީނާއަކާއި ގޭމިންގ އާކޭޑެއް ތަރައްގީކުރުމަށް ނިންމައިފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިންގ އެލީއަކާއި، ގޭމިންގ އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖްތިމާއީ ހަރަކާތްތަކަށް ބޭނުންކުރެވޭނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެއެވެ. އަދި އެއާއެކު، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ކުޅިވަރު ބަލަން ތިބެވޭނެފަދަ ގޮތަކަށް އެތަން ތަރައްގީކުރާއިރު، ލޮކަރު ރޫމަކާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ޕާކިންގ އޭރިއާއެއްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ، އެ ސަރަހައްދުގެ ތިމާވެއްޓާއި، އެ ސަރަހައްދުގެ އަތިރިމަތި އަދި އެތަނުގައި މިހާރު ހުރި ގަސްގަހާގެއްސަށާއި، މާހައުލަށް މާބޮޑު ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާނެފަދަ ގޮތަކަށް ތަން ޑިޒައިން ކޮށްގެންކަން އެޗްޑީސީން ފާހަގަކުރެއެވެ.

ރުއްގަނޑު 2 ސަރަހައްދަށް މި ގެނެވޭ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި، އާއިލާތަކަށާއި، ޒުވާނުންގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ފަތުރުވެރިން އަދި ރަށްރަށުން ޒިޔާރާތްކުރާ އެންމެންނަށްވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގައި ބައިވެރިވެވޭނެފަދަ އުފާވެރި އަމާން މާހައުލެއް ގާއިމުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ހުޅުމާލޭގެ އިޖްތިމާއީ ގުޅުން ވަރުގަދަވެގެންދާނެއެވެ.

ހުޅުމާލެއަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެކި ބޭނުންތަކަށް ޒިޔާރާތްކުރާ ފަރާތްތަކަށްވެސް ހިތްފަސޭހަ، އަދި ރައްކާތެރި ވެއްޓަކަށް ހެދުމަށްޓަކައި އެޗްޑީސީން މެދުކެނޑުމެއްނެތި އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީޚަބަރު | ގަޑިއިރެއް ކުރިން ރައީސްގެ އިރުޝާދާއެކު އެޗްޑީސީން ފްލެޓްތަކުގެ ބެލްކަންޏާއި ކުޑަދޮރުތައް މަރާމާތުކޮށްދެނީޚަބަރު | 18 ދުވަސް ކުރިންޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީޚަބަރު | 21 ދުވަސް ކުރިންވިލުންތެރި ކަނބަލުން ޕްރޮގްރާމް ނިންމި 264 ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | މަހެއް ކުރިން