logo
MPL

MPL

ޚަބަރު

ވިލުންތެރި ކަނބަލުން ޕްރޮގްރާމް ނިންމި 264 ބައިވެރިންނަށް ސެޓްފިކެޓްދީފި

އަޙުމަދު ރިޝާން
27 އޯގަސްޓު 2026 - 13:28
ވިލުންތެރި ކަނބަލުން ޕްރޮގްރާމް ނިންމި 264 ބައިވެރިންނަށް ސެޓްފިކެޓްދީފި

އަންހެނުން ބާރުވެރިކޮށް، ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދިޔަ "ވިލުންތެރި ކަނބަލުން ޕްރޮގްރާމް" ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

މި ޕްރޮގްރާމަކީ އަންހެނުންނަށް އަމަލީ ދިރިއުޅުމުގައި ކުރިމަތިވާ ކުދިކުދި ދަތިތަކަށް އަމިއްލައަށް ހައްލު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފަރުމާކޮށްގެން ހިންގުނު ޕްރޮގްރާމެކެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. މި އަހަރުގެ ޕްރޮގްރާމްގައި ޖުމްލަ 264 ކަނބަލުން ބައިވެރިވެ، ކާމިޔާބުކަމާއެކު ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ، މި ޕްރޮގްރާމުން ލިބުނު ފަންނީ ހުނަރުތަކުގެ އަލީގައި ހުޅުމާލޭގެ ތަރައްގީއަށާއި މުޖުތަމައުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި މި ކަނބަލުންގެ ފަރާތުން ފުރިހަމަ ބައިވެރިވުމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދިރިއުޅުމުގެ ކޮންމެ ދަނޑިވަޅެއްގައި ވެސް ކުރިމަތިވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާ، ވިލުންވެރި ބަޔަކަށް ވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒަކީ އަންހެނުން އެހެން މީހުންނަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމެވެ. އެގޮތުން، 3 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ތަމްރީނުތަކުގައި، ގޭތެރޭގައި ގެންގުޅޭ ކަރަންޓް ސާމާނު މަރާމާތު ކުރުމުގެ އިތުރުން ސައިކަލަށް ދިމާވާ އާންމު މައްސަލަތައް އަމަލީގޮތުން ހައްލުކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.

ކާމިޔާބުކަމާ އެކު މި ޕްރޮގްރާމް ނިންމާލެވިފައިވާއިރު، އެޗްޑީސީން ވަނީ މުސްތަގުބަލުގައި ވެސް މިފަދަ ކަންކަން އިތުރަށް ފުޅާކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތްތަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރިކުރުމުގެ އިތުރު ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ %50 އިން ކުލި ނުދައްކާ: އެޗްޑީސީޚަބަރު | 15 ދުވަސް ކުރިންއެޗްޑީސީން 7 ރަށެއްގެ އައުޓްޑޯ ޖިމް ނިންމާލައިފިޚަބަރު | މަހެއް ކުރިންމުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީޚަބަރު | މަހެއް ކުރިން