logo
MPL

MPL

ޚަބަރު

ރައީސްގެ އިރުޝާދާއެކު އެޗްޑީސީން ފްލެޓްތަކުގެ ބެލްކަންޏާއި ކުޑަދޮރުތައް މަރާމާތުކޮށްދެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ސެޕްޓެމްބަރު 2026 - 16:47
 ރައީސްގެ އިރުޝާދާއެކު އެޗްޑީސީން ފްލެޓްތަކުގެ ބެލްކަންޏާއި ކުޑަދޮރުތައް މަރާމާތުކޮށްދެނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އެހެން އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންތައް ގަވާއިދަށް ފައްތައި މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާގެ މަތިން، އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ (ސީއެސްއާރު) ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމްގެ ދަށުން، އެއްމެދު އިމާރާތްތަކުގައި ހިމެނޭ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިން ފަދަ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، އެފަދަ ތަންތަން ގަވާއިދަށް ފެއްތުމަށާއި މަރާމާތުކުރުމަށް ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބެލްކަނީތަކާއި ކުޑަދޮރުތައް މަރާމާތުކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ 30 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ. މިކަމަށް އެދި ހުށަހަޅާ ގޫގުލް ފޯމުގެ ލިންކު އެ ކޯޕަރޭޝަނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލިބެން ހުންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ، މަރާމާތުކުރުމަށް އެދި ލިބޭ ހުށަހެޅުންތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މިފަދަ ތަންތަނުގައި ހުންނަ މައްސަލަތަކުގެ ސަބަބުން ދިމާވާ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ %50 އިން ކުލި ނުދައްކާ: އެޗްޑީސީޚަބަރު | 15 ދުވަސް ކުރިންއެޗްޑީސީން 7 ރަށެއްގެ އައުޓްޑޯ ޖިމް ނިންމާލައިފިޚަބަރު | މަހެއް ކުރިންމުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީޚަބަރު | މަހެއް ކުރިން