logo
Bank of Maldives

Bank of Maldives

ޚަބަރު

ޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

އައިޝަތު ނަޝާ
2 ސެޕްޓެމްބަރު 2026 - 13:06
ޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީ

ހުޅުމާލޭގެ ޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެންގުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި، މި މައްސަލަ މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަށް ހުށަހެޅުއްވީ، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ ހުށަހަޅުއްވަމުން ޒާޔާ ވިދާޅުވީ، ފަހަކަށް އައިސް ހުޅުމާލޭގެ ޓަވަރުތަކުން ކުޑަކުދިން ވެއްޓޭ އަދަދު އިތުރުވެފައިވާ ކަމަށާއި މި ކަމަށް ދާއިމީ ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އެ މައްސަލަ ހައްލުކުރުމަށް އުސް ޓަވަރުތަކުގައި ހުންނަ ބެލްކަނިތަކާއި ކުޑަދޮރުތަކުގައި ހުންނަނީ ރެއިލިން ހަރުކޮށްފައި ކަމަށާއި މި ކަން ރާއްޖޭގައި ވެސް ކުރަން ޖެހޭ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

މީގެއިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓުތައް އިތުރުވެފައިވާތީ ފުލުހުންނާ ގުޅިގެން ޓްރެފިކް ހަރުދަނާކުރުމަށް އެޗްޑީސީއަށް އެންގުމަށް ވެސް ޒާޔާ ހުށަހެޅުއްވިއެވެ.

ޒާޔާ ހުށަހެޅުއްވި ގޮތަށް، ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރަން އެޗްޑީސީއަށް އަންގަން ފާސްވީ، ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ އިރުޝާދާއެކު އެޗްޑީސީން ފްލެޓްތަކުގެ ބެލްކަންޏާއި ކުޑަދޮރުތައް މަރާމާތުކޮށްދެނީޚަބަރު | 9 ދުވަސް ކުރިންމާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރޮނގުތައް އާ ކުރަން ފަށައިފިޚަބަރު | 11 ދުވަސް ކުރިންޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީޚަބަރު | 12 ދުވަސް ކުރިންވިލުންތެރި ކަނބަލުން ޕްރޮގްރާމް ނިންމި 264 ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | 18 ދުވަސް ކުރިން