logo
Bank of Maldives

Bank of Maldives

ޚަބަރު

އެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފި

މަރިޔަމް މާޙީ
18 މޭ 2026 - 04:29
އެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ހއ. ވަށަފަރު، ބޮޑުގެ، ޔޫސުފް ވަޙީދު އެ މަޤާމުން މިއަދު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންހާމަކުރި ގޮތުގައި، އެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަޙީދު ވަނީ މިއަދުން ފެށިގެން ވަކިކުރެވިފައެވެ. ޔޫސުފް ވަޙީދަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކުންފުނީގެ ބޯޑަށް އައްޔަންކުރެވުނު ބޭފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ މަޤާމުން ވަކިކުރި ސަބަބެއް ސަރުކާރުންނާއި ޕީސީބީން ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕީސީބީ މެދުވެރިކޮށް ގެންނަވަމުންދާ އިޞްލާޙީ ބަދަލުތަކުގެ ތެރެއިން އައި ބަދަލެއް ކަމަށް ބެލެވެއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް ދޭތެރެ ދޭތެރެއިން ބަދަލުތައް ގެންނަމުންދަނީ ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ޚިދުމަތްތައް އަވަސްކުރުމުގެ މަޤްޞަދުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފިޚަބަރު | ގަޑިއިރެއް ކުރިންކަނބަލުންނަށް ހާއްސަކޮށް ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް އެޗްޑީސީން ކުރިއަށްގެންދަނީޚަބަރު | 22 ދުވަސް ކުރިންދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންއައްމަޓީގެ މައްޗަށް ދައުވާ ސާބިތު ނުވި މައްސަލަ އިސްތިއުނާފުކުރަނީ ޚަބަރު | މަހެއް ކުރިން