logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނބަލުންނަށް ހާއްސަކޮށް ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް އެޗްޑީސީން ކުރިއަށްގެންދަނީ

މަރިޔަމް މާޙީ
26 އޭޕްރީލު 2026 - 07:45
ކަނބަލުންނަށް ހާއްސަކޮށް ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް އެޗްޑީސީން ކުރިއަށްގެންދަނީ

މުޖުތަމައުގައި އަންހެނުން ބާރުވެރިކޮށް، ފަންނީ ދާއިރާތަކުން ތަމްރީނީ ފުރުސަތުތައް ފަހިކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގެ އާ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ގޭތެރޭގައި ހިފާގެންގުޅޭ ކަރަންޓު ސާމާނަށް ދިމާވާ ކުދިކުދި މައްސަލަތައް އަމިއްލައަށް ހައްލުކުރަން ދަސްކޮށްދިނުމަށް ހިންގާ ހާއްސަ ކްލާސްތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ ކަރަންޓު ސާމާނު މަރާމާތުކުރުމުގެ ހުނަރު އަންހެނުންނަށް އުނގަންނައިދީ، އެފަދަ ކަންކަމުގައި އެހެން މީހެއްގެ އެހީތެރިކަމަށް އިންތިޒާރުކުރަން ނުޖެހި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

2023 ވަނަ އަހަރު މި ޕްރޮގްރާމް ފުރަތަމަ ފެށިއިރު 323 ފަރާތަކުން ބައިވެރިވެފައިވެ އެވެ. އެ ފަހަރު ލިބުނު ބޮޑު ތަރުހީބާ ގުޅިގެން، އެޗްޑީސީން ވަނީ މިއަހަރު މި ސިލްސިލާގެ އިތުރު ޓްރެއިނިންގްތަކެއް ބޭއްވުމަށް ނިންމާފަ އެވެ. އެގޮތުން ޑޮމެސްޓިކް އެޕްލައެންސް ޓްރެއިނިންގްގެ އިތުރުން، ސައިކަލުތަކަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް ވެސް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ އެވެ.

މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އެޗްޑީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ސުންގަޑިއަކީ 03 މެއި 2026 އެވެ. އަދި މި ބުރުގެ ކްލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ 07 މެއި 2026 ގައެވެ.

މިފަދަ ފަންނީ ހުނަރުތަކަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކަނބަލުންނަށް ދިރިއުޅުމުގެ އަމަލީ މައިދާނުގައި ނުހަނު ބޭނުންތެރި ހުނަރުތަކެކެވެ. އެމް.އައި.ޓީ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ހަމައެކަނި އަންހެނުންނަށް އަމާޒުކުރާ ޕްރޮގްރާމްތަކުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ޒުވާނުން ހުނަރުވެރިކުރުވުމަށް ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށްވެސް އެޗްޑީސީން ވަނީ ރާވާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނބަލުންނަށް ހާއްސަކޮށް ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް އެޗްޑީސީން ކުރިއަށްގެންދަނީޚަބަރު | 4 ގަޑިއިރު ކުރިންދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 13 ދުވަސް ކުރިންއައްމަޓީގެ މައްޗަށް ދައުވާ ސާބިތު ނުވި މައްސަލަ އިސްތިއުނާފުކުރަނީ ޚަބަރު | 17 ދުވަސް ކުރިންހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި މާފުކޮށްފިޚަބަރު | މަހެއް ކުރިން