logo
Bank of Maldives

Bank of Maldives

ޚަބަރު

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

މަރިޔަމް މާޙީ
22 ޖޫން 2026 - 05:22
އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ އެޗްޑީސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން 18 އަހަރާ 35 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ހުޅުޥާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޑީސީން ބުނީ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގައި ބައިވެރިވުމަށް މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅޭނެކަމަށެވެ. އެގޮތުން، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫން 2026 އެވެ.

މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ތިން ދާއިރާއެކެވެ. އެއީ،

  1. ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން
  2. ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
  3. ސާވޭއިން ޓެކްނީޝަން ދާއިރާ އެވެ. 

މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކުރެވޭނެ އެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހު އެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންއިނާޔަތްތަކާއެކު އެޗްޑީސީން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންހިޔާ އިތުރު ޓަވަރުތަކެއްގައި އިތުރު ލިފްޓް ހަރުކޮށްފި، ބާކީ އެއް ޓަވަރުޚަބަރު | 7 ދުވަސް ކުރިންއެމްޑީޕީން ސަރުކާރުން ދިން ގޯތިތަކުން އެޗްޑީސީ އަށް 16 ބިލިއަން ރުފިޔާގެ ގެއްލުމެއްޚަބަރު | މަހެއް ކުރިން