logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފި

މަރިޔަމް މާޙީ
19 މޭ 2026 - 06:35
ހުޅުމާލޭގައި ތަރައްގީކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނެއިބަރހުޑް އެކެއްގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިނާކުރި ސްޕޯޓްސް ޕާކު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕާކު ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ. ޕާކު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ ތަނުގައި ގާއިމްކޮށްފައިވާ ތިން ދަނޑުގައިވެސް އެކި ކުޅިވަރުތަކުގެ މެޗުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސްޕޯޓްސް ޕާކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާއެއްގައި، ނެއިބަރހުޑް އެކެއްގެ ރައްޔިތުން ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތެއް ނެތްކަމަށް ފާހަގަކޮށް ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ބިނާކުރި ތަނެކެވެ.

ރައީސްގެ އިރުޝާދުގެ ދަށުން، އެޗްޑީސީން ވަނީ މި މަޝްރޫޢަށް ޚާއްޞަ އިސްކަމެއް ދީގެން، ރައްޔިތުންގެ އެދުމާ އެއްގޮތަށް ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާލާފައެވެ.

ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ މި ސްޕޯޓްސް ޕާކުގައި ވޮލީ ކޯޓަކާއި، ބާސްކެޓްބޯޅަ ކޯޓެއްގެ އިތުރުން ފުޓްސެލް ދަނޑެއް ހިމެނެއެވެ.

މި ވަސީލަތްތަކާއެކު، ހުޅުމާލޭ ނެއިބަރހުޑް އެކެއްގައި ދިރިއުޅޭ ޒުވާނުންނާއި ކުޅިވަރަށް ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަކަމާއެކު ކުޅިވަރު ކުޅެވޭނެ މަގު މިވަނީ ތަނަވަސްވެފައެވެ. މިއީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޗްޑީސީން ސިފަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުހައްމަދު އަލީގެ އާއިލާއަށް ރައީސްގެ ތައުޒިޔާޚަބަރު | ދުވަހެއް ކުރިންރައީސްއަށް ކާމިޔާބު ހޯދައިދިނުމަށް ހުރިހާ ރަށެއް ފަތަހަކުރާނަން: އަބްދުއްރަހީމްޚަބަރު | 2 ދުވަސް ކުރިންޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާ ކުރާ ތާރީހު ޖޫން 2031 އަށް ޚަބަރު | 2 ދުވަސް ކުރިންޕްލާސްޓިކް ކުދި ފެންފުޅި އެތެރެކުރުން މަނާވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުޚަބަރު | 2 ދުވަސް ކުރިން