logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!

އައިޝަތު ނަޝާ
7 ފެބްރުއަރީ 2026 - 09:53
ހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!

ކުޑަކުދިން ކީރިތި ޤުރްއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަޞްރު ޖަމްޢިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ޤުރްއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ، ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ބުދަ ދުވަހު ހުޅުވާލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ހުރިހާ ސްލޮޓްތައް ފުރާލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން އެ ކްލާސްތަކުގައި ބައިވެރިވެފައިވާ ކަމަށް އެޗްޑީސީންމައުލޫމާތުދެއެވެ. އެހެންކަމުން، މިހާރު ވަނީ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވެފައެވެ.

އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ އެކި މިސްކިތްތަކުގައި، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ޤުރްއާން ސެޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ކްލާސްތައް ކުރިއަށްގެންދާނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިންނަށް ވަކިންނެވެ.

ކްލާސްތަކުގައި ޤުރްއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ތަމްރީންކުރުން ކުރިއަށްގެންދާނީ އަލް އަޞްރު ޖަމްޢިއްޔާގެ ފަރާތުންނެވެ. އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަލް އަޞްރާއެކު ސޮއިކުރި އެއްބަސްވުމުގެ މަޤްޞަދަކީ، ދީނަށް ލޯބިކުރާ މުޖްތަމަޢެއް ބިނާކުރުމެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމަޢުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އަމާޒެއްކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 2 ދުވަސް ކުރިންއައްމަޓީގެ މައްޗަށް ދައުވާ ސާބިތު ނުވި މައްސަލަ އިސްތިއުނާފުކުރަނީ ޚަބަރު | 6 ދުވަސް ކުރިންހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި މާފުކޮށްފިޚަބަރު | 15 ދުވަސް ކުރިން ހިލޭ ގުރުއާން ކިޔަވައިދޭ ކްލާސްތައް ހުޅުމާލޭގައި ފަށައިފިޚަބަރު | 17 ދުވަސް ކުރިން