logo
Bank of Maldives

Bank of Maldives

ޚަބަރު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ "އުފާ" ފެސްޓިވަލް، ސެންޓްރަލް ޕާކުގައި ފަށައިފި

އިސްމާޢިލް ރާތިޢު
21 ނޮވެމްބަރު 2025 - 12:39
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ "އުފާ" ފެސްޓިވަލް، ސެންޓްރަލް ޕާކުގައި ފަށައިފި

ފާއިތުވި ދެ އަހަރު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށާއި ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެވުޒާރާއާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި އުރީދޫ އަދި އެޗްޑީސީ ގުޅިގެން ހިންގާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން "އުފާ ފެސްޓިވަލް  2025" ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި 2 ދުވަހަށް ދެމިގެންދާ ޚާއްސަ ފެސްޓިވަލް މިއަދު ފަށައިފިއެވެ.

މި ފެސްޓިވަލް ހުޅުއްވައިދެއްވާފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މިގޮތުން މި ޚާއްސަ ފެސްޓިވަލްގައި ، ދެ ވުޒާރާއިން ފާއިތުވި 2 އަހަރު ތެރޭގައި ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ އުސްއަލިތައް ހިމެނޭ ޚާއްސަ ބުކްލެޓްވެސް ލޯންޗުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ގިނަ މުއައްސަސާތަކާއި، ކުންފުނިތަކާއި ގުޅިގެން ހިންގޭ މި ހަރަކާތުގައި ކުޑަކުދިން ގަޔާވާ ފަދަ ތަފާތު ކުޅިވަރުތަކުގެ އިތުރުން، އިސްރަށްވެހިންނަށް ޚާއްސަ ޖާގައަކާއި، ތަފާތު ސްޓޭޖް އައިޓަމްތައް ފެނިގެންދާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެއެވެ. މި ފެސްޓިވަލް ކުރިއަށްދާނީ ނޮވެންބަރު މަހުގެ 21 އަދި 22 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މިހަރަކާތްތަކުގެ ތެރޭގައި ކުދިންނާއި އާއިލާތަކަށް ޚާއްސަކޮށްގެން އުރީދޫއާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އިންތިޒާމުކުރާ މޫވީ ނައިޓެއް 21 ވަނަ ދުވަހުގެ ރޭގަނޑު 20:00-22:00 އަށް އޮންނާނެ ކަމަށް އެވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، 22 ވަނަ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑު 20:00-22:00 އަށް ހޭވައްލާ ބޮޑުބެރު ގްރޫޕްވެސް ފެސްޓިވަލްގައި ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެވުޒާރާއިން ބުނެއެވެ.

މިއީ ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއްގައި ތަފާތު މަޖާ ގޭމްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ޚާއްސަ ހަރަކާތެއް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރައްކާ" ގެ ހަރަކާތްތައް އިފްތިތާހުކޮށްފިޚަބަރު | ދުވަހެއް ކުރިންހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ގަވައިދާ ޚިލާފަށް ހުރި އުޅަނދުތައް ނަގަނީޚަބަރު | 9 ދުވަސް ކުރިންއައު އަހަރުގެ ފެސްޓިވަލް، މިއަދު ފަށަނީޚަބަރު | 10 ދުވަސް ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލު މާހައުލެއް ހޯދައިދިނުމަށް "އެމްޕަވަރމެންޓު ހަބް" އެއްޚަބަރު | 11 ދުވަސް ކުރިން