logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ސޯލިހުގެ ވެރިކަމުގައި އެޗްޑީސީންވެސް 200 މިލިއަނާ ގާތްކުރާވަރުގެ ވައްކަމެއް

އާމިނަތު ޝަފާ
2 އޮކްޓޯބަރު 2025 - 16:16
ރައީސް ސޯލިހުގެ ވެރިކަމުގައި އެޗްޑީސީންވެސް 200 މިލިއަނާ ގާތްކުރާވަރުގެ ވައްކަމެއް

ނިމިދިޔަ އެމްޑީޕީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ވެރިކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން- އެޗްޑީސީގެ މިލްކިޔާތުގައިވާ ބިމާއި މުދަލާއި ހިދުމަތުން 200 މިލިއަނާ ގާތްކުރާ އަދަދެއްގެ ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަމަށް ބެލެވޭތީ އެކަން ތަޙުޤީޤު ކުރަން އެ ކޯޕަރޭޝަނުން މައްސަލަ ހުށައަޅައިފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާޏނުގައި ބުނީ 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު، އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ ބިމާއި، މުދަލާއި، ޚިދުމަތުން، 200 ވަރަކަށް މިލިއަން ރުފިޔާގެ ޚިޔާނާތް ބައެއް ފަރާތްތަކުން ވެފައިވާކަން ފާހަގަކުރެވޭތީ މިކަންކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ތަޙުޤީޤީ އިދާރާތަކަށްއެ ކޯޕަރޭޝަނުން މައްސަލަ ހުށަހަޅާފައިވާނެކަމަށެވެ.

މި ޚިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަންގެ މުދަލުން ވައްކަންކުރުމާއި، ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަނުގެ ބިންތައް ކުއްޔަށް ދިނުންފަދަ މުޢާމަލާތްތައް ހިމެނޭކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަންވެސް އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މިކަންކަން ތަޙުޤީޤުކޮށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، އެ ކޯޕަރޭޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްޑީސީން ވެސް ފުލެޓުތައް ކުއްޔަށް ދީފައި ހުރިތޯ ބަލައި، ފިޔަވަޅު އަޅަނީޚަބަރު | 5 ދުވަސް ކުރިންރައީސް ސޯލިހުގެ ވެރިކަމުގައި އެޗްޑީސީންވެސް 200 މިލިއަނާ ގާތްކުރާވަރުގެ ވައްކަމެއް ޚަބަރު | 14 ދުވަސް ކުރިންއަންނަ މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭގެ ގޮނޑުދޮށް ސާފުކުރަނީ ޚަބަރު | 17 ދުވަސް ކުރިންހުއްދަ ނުނަގައި ހުޅުމާލޭގައި އިވެންޓުތަކަށް ސްޓޯލް ވިއްކަމުންދާތީ ސަމާލުވާން އެދިއްޖެޚަބަރު | 18 ދުވަސް ކުރިން