އިތުރު 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
23 ޑިސެމްބަރު 2024 - 14:18
ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ފުލެޓް ސަރަހައްދުން 4 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 26 ތަނެއް ބަލައި ފާސްކޮށްފައިވާއިރު އެ ސަރަހައްދުން 4 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށްގެން 21 ވަނަ ދުވަހުވެސް އިމިގްރޭޝަނުން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ އޮޕަރޭޝަނުގައި 8 ފިހާރަ އާއި ހަތަރު ކެފޭ އަދި ބޭކަރީ ފަދަ ތަންތަނާއި ސެލޫނެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ ތިން މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއި ގުޅިގެން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.