އިމިގްރޭޝަން އޮފިސަރުން ބަލައި ފާސްކުރަން ދާނީ ޔުނިފޯމްގައި، ކާޑު ވެސް އޮންނާނެ


17 ސެޕްޓެމްބަރު 2024 - 09:10
މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުގައި އުޅޭ އޮފިސަރުންނަމަ ޔުނިފޯމްގެ އިތުރުން އިމިގްރޭޝަންގެ ފާސް އޮންނާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އިމިގްރޭޝަން އޮފިސަރުންކަމަށް ހެދިގެން އޮޅުވާލައިގެން ބިދޭސީން އުޅޭތަންތަން ބަލާފާސްކުރާތީ ސަމާލުވުމަށް އިލްތިމާސްކޮށް އިމިގްރޭޝަނުން މިއަދު ބުނީ އެތަނުގެ އޮފިސަރުންކަމަށް ހެދިގެން ބިދޭސީން އުޅޭތަންތަނަށް ބަލާފާސްކުރާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
''އެހެންކަމުން މިއީ އިމިގްރޭޝަންގެ އޮފިސަރުން ނޫންކަމަށާއި، ރެއިޑްތަކުގައި އުޅޭ އޮފިސަރުންނަމަ ޔުނިފޯމްގެ އިތުރުން އިމިގްރޭޝަންގެ ފާސް އޮންނާނެ ކަމަށް ދަންނަވަން’’ އިމިގްރޭޝަނުން ބުނެފަވެއެވެ.
މިފަދަ ކަންކަމަށް ސަމާލުވެ، ޝައްކުވާނަމަ، އެފަދަ މީހުންގެ ފާސް އަދި ފުރިހަމަ މައުލޫމާތު ބެލުމަށް އިލްތިމާސްކުރާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަން އޮފިސަރުންކަމަށް ހެދިގެން އޮޅުވާލައިގެން ބިދޭސީން އުޅޭތަންތަން ބަލާފާސްކުރާތީ ސަމާލުވުމަށް އިލްތިމާސްކޮށް އިމިގްރޭޝަނުން ބަޔާނެއް ނެރުނުއިރު، އެފަދަ ބައެއް މައްސަލަތައް ފެންމަތިވެ، އެފަދަ މައްސަލައެއްގައި ދިވެެހި ފިރިހެނަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
މާލޭގައި ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން މޮބައިލް ފޯނަކާއި 9000 (ނުވަހާސް) ރުފިޔާ ފޭރުނު މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނީ، މާލެ/ގ.ބެރުގެ މުހައްމަދު ނަވީން (44) އެވެ.
އިތުރު ލިޔުންތައް

އިމިގްރޭޝަންގެ އޮފިސަރުންތަކެއް ކަމަށް ހެދިގެން ފޭރެނީ
5 މަސް ކުރިން
ގަވާއިދާ ހިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި
5 މަސް ކުރިން
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅުނު 6 ބިދޭސީއަކު ހައްޔަރުކޮށްފި
5 މަސް ކުރިން