logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނުން ތެދުވުމުން ކޯޓާ ފީތައް ދައްކަން ފަށައިފި

އަޙްމަދު ޒަލީފް
21 ސެޕްޓެމްބަރު 2024 - 13:23
ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނުން ތެދުވުމުން ކޯޓާ ފީތައް ދައްކަން ފަށައިފި

ބިދޭސީ މަސައްކަތްތެރިންގެ ފީތައް ދެއްކުމަށް ސަރުކާރުން އަޅަމުންދާ ތަންފީޒީ ފިޔަވަޅުތަކާއެކު ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޢަދަދު ދެގުނަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ މިދިޔަމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން އޮގަސްޓުމަހުގެ ނިޔަލަށް ކޯޓާ ފީގެގޮތުގައި ދައުލަތަށް 232 މިލިޔަން ރުފިޔާވަނީ ލިބިފައެވެ. މިޢަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 104 މިލިޔަން ރުފިޔާގައެވެ. އެހެންކަމުން ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ ޢަދަދަށް މިވަނީ 123 އިންސައްތަ އިތުރުވެފައެވެ.

GXhpvQvbUAAqUEJ.webp

ޤަވާއިދާ ޚިލާފަށް އުޅޭ ބައެއް ބިދޭސީން އަތުލައިގެންފައި



އާމްދަނީ ރިޕޯޓުން ދައްކާގޮތުން ކޯޓާ ފީގެ ގޮތުގައި އޮގަސްޓުމަހު ލިބުނު އަދަދުވަނީ 33.7 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ އޮގަސްޓުމަހު 36 މިލިޔަން ރުފިޔާވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އޮގަސްޓުމަހު މި އަދަދު ހުރީ 27 މިލިޔަން ރުފިޔާއެވެ.

ބިދޭސީންގެ ކޯޓާ ފީ ދައްކަނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މީރާއަށެވެ. ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކަ ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުން، ދައުލަތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation


ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ ޢަދަދު 50000 އަށްވުރެ މައްޗަށް އަރައެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45،000 އަށްވުރެ ގިނަ ބަޔަކު ޤަވާއިދުން ފީ ނުދައްކާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާންމު ސާފުތާހިރުކަމަށް ނުބަލާ ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ 18 ބިދޭސީން ހައްޔަރުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިންހުއްދަ ނުނަގާ، ދުންފަތް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފިޚަބަރު | 5 ދުވަސް ކުރިންބިދޭސީންގެ މައްސަލަ: މިއަދުވެސް ތިން މީހަކު ހައްޔަރުކޮށްފިރިޕޯޓް | 6 ދުވަސް ކުރިންގުރައިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިޚަބަރު | 7 ދުވަސް ކުރިން