logoEN
ޚަބަރު

ޑްރަގް ކޯޓަށް ލަފާދިނުމަށް އެންޑީއޭގެ ޓެކްނިކަލް ޓީމެއް އެކުލަވާލައިފި

އެންޑީއޭ

އެންޑީއޭ

އާމިނަތު ސަފާއާމިނަތު ސަފާ

24 ޑިސެމްބަރު 2024 - 12:11

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން ޑްރަގް ކޯޓަށް ލަފާދިނުމަށް އެކުލަވާލަންޖެހޭ ޓެކްނިކަލް ޓީމް މިއަދު އެކުލަވާލައިފިއެވެ.

ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލައި، ކުރިއަށް އޮތް މުއްދަތުގައި ސަބް ކޮމިޓީއެއް އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަން ވެސް ވަނީ މިއަދު ނިންމާފައެވެ. މި ސަބް ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޤައުމީ ފެންވަރުގައި މަސްތުވާތަކެތީގެ ޑިމާންޑް މަދުކުރުމާއި، އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމާއި، އަދި މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. މީގެ އިތުރުން، މިއަދުން ފެށިގެން ހުރިހާ ޓެކްނިކަލް ނިންމުންތަކެއް ނިންމުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ މި އަލަށް އެކުލަވާލެވުނު ޓެކްނިކަލް ކޮމިޓީއާއެވެ.

ޓެކްނިކަލް ކޮމިޓީގައި ހިމެނެނީ:

ޗެއާޕާސަން - އެންޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރު، ޖެނެރަލް އަބްދުﷲ ފަސީހް

ވައިސް ޗެއާޕާސަން - ކައުންސިލަރު، ޝަމާ ނަސީރު

އެސިސްޓެންޓް ޑިރެކްޓަރު - އާއިޝަތު ޝިއުނާ

އެސިސްޓެންޓް ޑިރެކްޓަރު - އަލީ ރިޔާޒު

އެސިސްޓެންޓް ޑިރެކްޓަރު - ފާތިމަތު ސާނިހާ ސޯލިހް

ލީގަލް އޮފިސަރު - އަހްމަދު ހިލްމީ

ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު - ހައްވާ އަގުލާ އަހްމަދު

ޕްރޮގްރާމް އޮފިސަރު - މަރިޔަމް އާދަމް

އެސިސްޓެންޓް ކައުންސިލަރު - އަހްމަދު ފިރާގް

އެސިސްޓެންޓް ކައުންސިލަރު - އާމިނަތު ރިޔާޒާ

ޑިރެކްޓަރު - މަރިޔަމް އަސްރާ

ސަރުކާރުގެ އަމާޒަކީ އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކާއި ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކޮށް، ކުށުގެ ނެޓްވޯކްތައް ނައްތާލައި، ކަމުގެ އަސްލަށް ވާސިލްވުން ކަމަށްމީގެ ކުރިން ވަނީ ބުނެފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ އެންމެހާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި އެންޑީއޭއިން މަސްތުވާތަކެތީގެ ފަރުވާދެވޭ މީހުންނަށް ދެމުންގެންދިޔަ ފަރުވާތަކުގެ އިތުރުން މެޑިކަލް ފަރުވާ ހިމެނުމާއި، ރެސިޑެންޝަލް ފަރުވާއަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވާލާ، މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާއަށް ގެނައުމަށްޓަކައި އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތްވަނީ ފަށާފައެވެ.

ކޮމެންޓް

871x217_placeholder