logoEN
ޚަބަރު

މަސްތުވާތަކެތީގެ ވަބާއަށް ފަރުވާދޭން މުޅި ގައުމުގެ އެއްބާރުލުން ބޭނުންވޭ: އެންޑީއޭ

 މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑިއޭ)ގެ ޗެއާޕާސަން ލުބުނާ ޒާހިރު

މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑިއޭ)ގެ ޗެއާޕާސަން ލުބުނާ ޒާހިރު

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ވަށާ ޖެހޭ ފަރުވާއެއް ދިނުމަށް މުޅި ގައުމުގެ އެއްބާރުލުން ބޭނުންވާކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑިއޭ)ގެ ޗެއާޕާސަން ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ލުބުނާ މިފަދައިން ވިދާޅުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމަގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލުބުނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުންނަށް ފަރުވާދޭން، ސަރުކާރާއި މުޅި މުޖުތަމައު ގުޅިގެން ވަރަށް ބައިވަރު މަސައްކަތްތައް ކުރަންޖެހޭކަމެވެ. އަދި މިއީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، ފަރުވާ ދެވޭ ފަރާތްތަކަށް ކޮމިއުނިޓީ ފަރުވާގެ އެހީވެސް ބޭނުންވާ ކަމަށެވެ. މިގޮތުން، އެމީހުންނަށް މެންޓޯރސް ހޯދައިދީ ހުނަރުވެރިކޮށް އެމީހުންނަށް ވަޒީފާގެ ފުރުސަތުވެސް ހޯދައިދޭންޖެހޭ ކަމަށް ލުބުނާ ފާހަގަ ކުރެއްވިއެވެ.

އަދި މިފަދަ ވަށާ ޖެހޭ ފަރުވާއެއް ދެވޭނެ ނިޒާމެއް ގާއިމުކުރުމަށް އެންޑިއޭއިން މަސައްކަތް ކުރަމުންދާކަމަށް ލުބުނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ހަމަ އަޅުގަނޑުމެން ހަމަ މުޅި މުޖުތަމައު އެއްކޮށް، ސަރުކާރުތަކާއި އިންޓަނޭޝަނަލީ އަދި އޭސް އަ ނޭޝަން އަޅުގަނޑުމެން މިީ ހަމަ ގައުމެއްގެ ހައިސިްޔަތުން އަޅުގަނޑުމެން އެންމެން އެއްކޮށް ކޮމިއުނިޓި ލެވެލްގަވެސް ވަރަށް ބައިވަރު މަސައްކަތްތަކެއް ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް. މީ ވަރަށް ބުރަ މަސައްކަތްތަކެއް މަސްތުވާތަކެތި ނަގާމީހުންނަށް ފަރުވާ ދިނުމަކީ - ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑިއޭ)ގެ ޗެއާޕާސަން ލުބުނާ ޒާހިރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ އިތުރަށް ފާހަގަ ކުރެއްވީ، އެންޑީއޭގެ ހެލްތް ފެސިލިޓީތަކުން ދޭ ޑިޓޮކްސިފިކޭޝަނަށް ބޭސް ފޯރު ކޮށްދިނުމަށް ރާވާކަމަށެވެ. އަދި މި ހެލްތް ފެސިލިޓީތަކުގައި ތިބޭ ޑޮކްޓަރުންނާއި، ނަރުހުން ޓްރެއިން ކުރުމަކީ މިއަހަރު އެންޑީއޭއިން އަމާޒުކުރާ ކަމެއް ކަމަށް ލުބުނާ ފާހަގަކުރެއްވިއެވެ.

އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަސްތުވާތަކެއްޗަށް މަގުފަހިވާ ކަމަކަށް ވަތީ، މި މައްސަލައަށް އަމަލީ ގޮތުން ހައްލެއް ހޯދުމަށް އެންޑީއޭއިން މިއަހަރު ވަރަށް ބޮޑަށް އަމާޒުކުރާނެ ކަމަށްވެސް ލުބުނާ ވިދާޅުވިއެވެ. މިގޮތުން މިކަމަށް ހާއްސަކޮށްގެން އެންޑީއޭގެ ސެންޓަރަރެއް ހުންނަ ކޮންމެ ތަނެއްގައި ކޮލިނިކެއް ގާއިމްކުރެވޭނެ ކަމަށް ލުބުނާ ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder