logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

މަސްތުން ސަލާމަތްވުމަށް ދޭ ފަރުވާގެ ތެރޭގައި ދުޅަހެޔޮ ކަސްރަތު ހިމެނުމަށް މަޝްވަރާތަކެއް

އާމިނަތު ޝަފާ
20 އޭޕްރީލު 2025 - 04:25
މަސްތުން ސަލާމަތްވުމަށް ދޭ ފަރުވާގެ ތެރޭގައި ދުޅަހެޔޮ ކަސްރަތު ހިމެނުމަށް މަޝްވަރާތަކެއް

އެންޑީއޭގެ ފަރުވާގެ ނިޒާމުގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަސްރަތުތައް ހިމެނުމާއި ގުޅޭގޮތުން އެއްބާރުލުން ހޯދުމުގެ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ނެޝަނަލް ޑްރަގް އެޖެންސީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ދެމެދުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ވަނީ ކްލައިންޓުންނަށް މަސްތުން ސާފުވުމާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ވަށައިޖެހޭ ފަރުވާގެ ނިޒާމެއްގެ ފައިދާ ލިބިދެވޭ ނިޒާމަކަށް ހެދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އެންޑީއޭއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ދާދި ފަހުން ވަނީ ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

އެހެންކަމުން އެ މަސައްކަތުގައި ބައިވެރިވެ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އެންޑީއޭއިން ވަނީ އެދިފައެވެ.

ޖުމްލަ 30 މީހުންނަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވުމާއި މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށް ވުން ހިމެނެއެވެ.

މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ތަންތަނުގެ ތެރޭގައި އެންޑީއޭ، ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހާފްވޭހައުސް، ދަގެނާ އަދި ސ.ހުޅުދޫގައި ގާއިމްކޮށްފައި ހުރި ވިލުނު ސެންޓަރު ހިމެނެއެވެ.

މީގެ އިތުރުން ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ( ގދ. ތިނަދޫ، ސ.ހިތަދޫ، ޏ، ފުވައްމުލައްސިޓީ)ގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އެންޑީއޭއިން ވަނީ ހުޅުވާލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިހެބިލިޓޭޝަން ސެންޓަރުތަކުން 1200 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުން: އެންޑީއޭޚަބަރު | މަހެއް ކުރިންޑްރަގު ބޭނުންކުރާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުންދާ މައްސަލައެއް އެންޑީއޭގެ ސަމާލުކަމަށްޚަބަރު | މަހެއް ކުރިންގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިމާ ގުޅޭ މަޝްވަރާތަކެއްޚަބަރު | 5 މަސް ކުރިންމަސްތުން ސަލާމަތްވުމަށް ދޭ ފަރުވާގެ ތެރޭގައި ދުޅަހެޔޮ ކަސްރަތު ހިމެނުމަށް މަޝްވަރާތަކެއްޚަބަރު | 6 މަސް ކުރިން