logo
Bank of Maldives

Bank of Maldives

ޚަބަރު

އެންޑީއޭއަށް ފަރުވާ ހޯދަން ދިޔަ ބަޔަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލާގައި ފަސީހުގެ ބަންދަށް އިތުރު މުއްދަތެއް!

ޒިދާން މުޙައްމަދު
5 ޖެނުއަރީ 2026 - 10:23
އެންޑީއޭއަށް ފަރުވާ ހޯދަން ދިޔަ ބަޔަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލާގައި ފަސީހުގެ ބަންދަށް އިތުރު މުއްދަތެއް!

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ފަރުވާ ހޯދަން ދިޔަ ބަޔަކަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައި ހައްޔަރުކުރި މުހައްމަދު ފަސީހު، 51، އިތުރު 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެންޑީއޭއިން ފަރުވާ ހޯދަން ދިޔަ މީހާއަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅީ 4 ނޮވެމްބަރު 2025ގައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އައްޑޫ ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު ހައްޔަރުކުރީ 20 ނޮވެމްބަރު 2025 ގައެވެ. އޭނާއަކީ ޕިއާ މެންޓާއަކަށް މަސައްކަތް ކުރަމުން އައި މީހެކެވެ. 

ފަސީހުގެ ބަންދަށް އެންމެ ފުރަތަމަ ދިން 15 ދުވަސް ހަމަވެގެން، ޑިސެމްބަރު 6 ވަނަ ދުވަހު ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން 30 ދުވަހަށް ބަންދުކުރިއެވެ. އެކަމަކު އެ މުއްދަތު ހަމަވެގެން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަަން އަމުރުކުރިއެވެ. 

ފަސީހަކީ މަސްތުން ސަލާމަތްވުމަށް ފަރުވާ ހޯދައި އެކަމުން ސަލާމަތްވުމަށް ފަހު ރިކަވަރީގައި ހުރި މީހެކެވެ. ފަސީހުގެ ވަޒީފާގެ ޒިންމާއަކަށް ހެދީ ފަރުވާ ހޯދާ މީހުން ރަނގަޅު ކުރުމަށް މޯޓިވޭޓް ކުރުމެވެ. 

އެކަމަކު އޭނާ ދިޔައީ އެ ތަނަށް ފަރުވާއަށްދާ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކުރަމުންނެވެ. 

ޖިންސީ ގޯނާކޮށް އެ މީހުންގެ ބަރަހަނާ މަންޒަރު ވީޑިއޯކުރާކަމަށް އޭނާއަށް ތުހުމަތުކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޮލިސް މެމޯރިއަލް ޑޭ: ފުލުހުންގެ އަގުހުރި ޚިދުމަތާއި މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެއްރިޕޯޓް | 20 ގަޑިއިރު ކުރިންކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިންމާރާމާރީއެއްގެ މައްސަލާގައި ތުހުމަތުވާ މިސްރު ދެމީހަކު ޑީޕޯޓް ކޮށްލަނީޚަބަރު | 2 ދުވަސް ކުރިންއަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިން މީހާގެ ހާލަތަށް ބަލައި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަނީޚަބަރު | 3 ދުވަސް ކުރިން