logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ރިހެބިލިޓޭޝަން ސެންޓަރުތަކުން 1200 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުން: އެންޑީއޭ

ޝަހްޒާ މުހައްމަދު
26 ސެޕްޓެމްބަރު 2025 - 11:51
ރިހެބިލިޓޭޝަން ސެންޓަރުތަކުން 1200 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުން: އެންޑީއޭ

ރާއްޖޭގެ ހުރިހާ ރިހެބިލިޓޭޝަން ސެންޓަރުތަކުން 1200 އަށްވުރެ ގިނަ މީހުންނަށް މިހާރުވެސް ފަރުވާދެމުން އަންނަކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހާމަކޮށްފިއެވެ.ެ

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ލުބްނާ މުޙައްމަދު ޒާހިރު ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން ވިދާޅުވި ގޮތުގައި، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 12 ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދަނީ އަމިއްލައަށް ފަރުވާއަށް އެދިގެން އަންނަ ފަރާތްތަކާއި ކޯޓުން ޙުކުމްކޮށްގެން ގެންނަ ފަރާތްތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލުބްނާ ވިދާޅުވިގޮތުގައި ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާދޭ ސެންޓަރުތައް ދަނީ ފުލްކޮށެވެ. އަދި ޚާއްސަކޮށް ހިންމަފުށީގެ ރީހެބް ފުލްކަން އޭނާ ފަހަގަކުރެއްވިއެވެ.

ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް، ހުޅުމާލޭގައި މަސްތުވާތަކެއްޗާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ އައު މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ލުބްނާ ހާމަކުރެއްވިއެވެ.

މިދިޔަ އަހަރު ޑްރަގް ކޯޓުން 597 ކްލައިންޓުންނަށް ޙުކުމްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 500 އަށްވުރެ ގިނަ ކްލައިންޓުންނަށް ހުކުމްކޮށްފައިވާކަމަށް ލުބްނާ ފާހަގަކުރެއްވިއެވެ. އަދި ރިމާންޑް ސެންޓަރަށް ގެނެވޭ ގިނަ ފަރާތްތަކަކީ ނަފްސާނީ އަދި ސިއްހީ ފަރުވާ ބޭނުންވާ ފަރާތްތައްކަން ފާހަގަކުރެއްވިއެވެ.

ރިހެބިލިޓޭޝަން ސެންޓަރުތަކަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް އިސްލާޙީ ފަރުވާ ދިނުމާއި، މަސްތުވާތަކެތީގެ ކިބައިން ސަލާމަތްވުމަށް އެހީތެރިވެދިނުމަށް ޚާއްޞަކޮށްގެން ހިންގާ މަރުކަޒުތަކެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިހެބިލިޓޭޝަން ސެންޓަރުތަކުން 1200 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުން: އެންޑީއޭޚަބަރު | މަހެއް ކުރިންޑްރަގު ބޭނުންކުރާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުންދާ މައްސަލައެއް އެންޑީއޭގެ ސަމާލުކަމަށްޚަބަރު | މަހެއް ކުރިންމަސްތުވާތަކެއްޗާ އެކު ގުރައިދޫއިން މީހަކު ހައްޔަރުކޮށްފިޚަބަރު | 4 މަސް ކުރިންގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިމާ ގުޅޭ މަޝްވަރާތަކެއްޚަބަރު | 5 މަސް ކުރިން