logo
MPL

MPL

ޚަބަރު

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަރިޔަމް މާޙީ
21 ޖޫން 2026 - 07:52
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

 މި މައްސަލަައިގައި ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ / ސޭންޑީސައިޑް، ފައުޒާން އަޙްމަދު ޙުސައިން (25އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ހައްޔަރުކޮށްފައިވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ކަމަށެވެ.

މި ޖޫން މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 9 މީހަކު ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | ދުވަހެއް ކުރިންސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަން ރުފިޔާ ހޯދައިދީ، 17 މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންއިމާރާތްތަކުގައި ހުޅުޖަހައި ލޫޓުވަން ގޮވާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން