logo
MPL

MPL

ޚަބަރު

1.7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

މަރިޔަމް މާޙީ
6 އޭޕްރީލު 2026 - 06:54
ރާއްޖެ އެރެތެކުރި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް--- ފޮޓޯ: ކަސްޓަމްސް
ރާއްޖެ އެރެތެކުރި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް--- ފޮޓޯ: ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފި އެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. މިގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2174 ގްރާމް ހުރިއިރު، މީގެ މަގުމަތީ އަގު 1.7 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ވެސް ވައިގެ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އެތެރެ ކުރަން އުޅުނު 1150 ގުރާމް ހަޝިޝް އޮއިލް، އަދި 1013.7 ގްރާމުގެ ކޮކެއިން އަތުލައިގަނެފައިވާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. މި ތަކެތީގެ މަގުމަތީމަގު 3 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަން ވެސް ކަސްޓަމްސް އިން ވަނީ ހާމަަކޮށްފަ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަސްޓަމްސް ޓެރިފް ޕޭޖުން ޕްރޮޑަކްޓަކްޓް ގެ ނަން ޖަހާލުމުން ޑިއުޓީ ރޭޓާ އެއްކޮށް ފެންނާނެޚަބަރު | 21 ދުވަސް ކުރިންބޮމެއް އޮތޭ ބުނީ މަޖަލަކަށް، އަދަބަކަށް ފަސް ދުވަހުގެ ބަންދެއްޚަބަރު | މަހެއް ކުރިންމިއަހަރުގެ ދެވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް 1.62 މިލިއަން ފަސިންޖަރުންޚަބަރު | 2 މަސް ކުރިން ވަތަނީ ޚިދުމަތުގެ ކުދިންނަށް ކުރިމަތިލެވޭގޮތަށް ކަސްޓަމްސްއިން ވަޒީފާގެ ފުރުސަތުޚަބަރު | 2 މަސް ކުރިން