ބޮމެއް އޮތޭ ބުނީ މަޖަލަކަށް، އަދަބަކަށް ފަސް ދުވަހުގެ ބަންދެއް
20 ސެޕްޓެމްބަރު 2026 - 06:49

ރާއްޖެ އައި މިސްރުގެ ރައްޔިތަކު އެނާގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާ ކުރުމާ ގުޅިގެން ހައްޔަރުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ ޕީޓާ ސަމާން މަރުޒޫކް ކިޔާ އުމުރުން 38 އަހަރުގެ ފިރިހެނެކެވެ.
މަރުޒޫކް ހައްޔަރުކުރީ ޑިޕާޗާ ސްކްރީން ސަރަހައްދުގައި އޭނާގެ ދައްތަގެ ދަބަސް ބަލައި ފާސްކުރަމުން ދަނިކޮށް އެ ދަބަހުގައި ބޮމެއް އޮތް ބުނުމާ ގުޅިގެންނެވެ.
މަރުޒޫކް ބޮމެއްގެ ވާހަކަ ބުނުމާ ގުޅިގެން އެއާޕޯޓްގެ އޮފިޝަލުން ވަނީ ވަގުތުން އެތަނަށް ފުލުހުން ގެނެސް ދަބަސް އިތުރަށް ޗެކްކޮށްފަ އެވެ. ނަމަވެސް ބޮމެއް ފެނިފައެއް ނުވެ އެވެ.
މިސްރު މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ އެއީ މަޖަލަކަށް ދެއްކި ވާހަކަައެއް ކަމަށް ބުނެ މައާފަށް އެދިފަ އެވެ. ނަމަވެސް ކޯޓުން ނިންމީ ބިރުދެއްކުމާއި ދޮގު ހަބަރު ދިނުމަކީ ކުށެއް ކަމަށް ބަލައި، އޭނާ ފަސް ދުވަހަށް ބަންދުކުރުމަށެވެ.
އެއާޕޯޓެއްގެ ތެރޭގައި ހުރެ ބޮމެއް އޮތް ކަމަށް ބުނުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ސީރިއަސްކޮށް ނަގައި މައްސަލައެކެވެ.
.png&w=750&q=75)
Ad by Hajj Corporation


