ވީއައިއޭގެ ތަރައްޤީއާއެކު ދަތުރުފަތުރުގެ ނިޒާމް އިތުރަށް ހަރުދަނާވެ، އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް
17 ނޮވެމްބަރު 2026 - 08:44

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްޤީކުރުމުގައި މުހިންމު ލަނޑުދަނޑިތަކެއް ވަނީ ޙާޞިލްކޮށްފަ އެވެ.
މި ތަރައްޤީތަކާއެކު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އޮނިގަނޑު އިތުރަށް ހަރުދަނާވެ، ބޭރު ޤައުމުތަކާއެކު އޮތް ގުޅުން ވަނީ ފުޅާވެފައެވެ. އަދި ޤައުމީ އިޤްތިޞާދު ކުރިއެރުވުމަށް އައު ފުރުޞަތުތަކެއް ހުޅުވިފައިވެއެވެ. އަދި އެއަރޕޯޓުގެ ވަސީލަތްތަކާއި އޮޕަރޭޝަންތައް ތަރައްޤީކުރުމާއެކު، ދެވޭ ޚިދުމަތްތަކުގެ ފެންވަރު ވެސް ވަނީ މަތިވެފައެވެ. މި ބަދަލުތަކަކީ ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި އެއަރޕޯޓުގެ ދައުރު ހަރުދަނާވެ، ފަތުރުވެރިކަމަށާއި ވިޔަފާރިއަށް އަދި ޤައުމީ އިޤްތިޞާދަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
.png&w=750&q=75)
Ad by Hajj Corporation

މި ތަރައްޤީގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ 26 ޖުލައި 2025 ގައި ހުޅުވުނު އައު ބައިނަލްއަޤްވާމީ ޕެސެންޖަރ ޓަރމިނަލް (ޓަރމިނަލް 1) އެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ މި ވަސީލަތުގެ ސަބަބުން ދަތުރުވެރިންގެ ތަޖުރިބާ މުއްސަނދިވެ، ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރެވެގެން ގޮސްފައިވެއެވެ. މީގެ އިތުރުން، 17 ފެބުރުވަރީ 2026 ގައި ޓަރމިނަލް 2 ހުޅުވުމާއެކު، އެތެރޭގެ އުދުހުންތަކަށް ޒަމާނީ ފަސޭހަތަކެއް ލިބި، ރާއްޖޭގެ އެކި ކަންކޮޅުތަކާއޮތް ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެފައިވެއެވެ.
ސީ-ޓު-އެއަރ ކާގޯ އިނީޝިއޭޓިވްގެ ދަށުން އެއަރޕޯޓުގެ ކާގޯ ދާއިރާއިން ވެސް ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައިވެއެވެ. އެގޮތުން 15 ޖެނުއަރީ 2024 ގައި އިމްޕޯޓް ކާގޯގެ ޚިދުމަތް ފަށައި، 11 އޮގަސްޓު 2024 ގައި އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފެށުމާއެކު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވައިގެ މަގުން މުދާ އުފުލުމުގެ ފުރުޞަތުތައް ފުޅާކުރުމުގެ ޤާބިލުކަން އެއަރޕޯޓަށް އިތުރުވެގެން ދިޔައެވެ.

މީގެ އިތުރުން، 7 ނޮވެމްބަރު 2024 ގައި ޚިދުމަތްދޭން ފެށުނު އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމާއެކު ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމާއި ތެޔޮ ރައްކާކުރުމުގެ ނިޒާމު އެތައް ގުނައެއް ފުޅާކުރެވި ހަރުދަނާ ކުރެވިފައިވެއެވެ. ހަމައެއާއެކު، 27 ޖޫން 2024 ގައި ހުޅުވުނު އައު ފަޔަރ ސްޓޭޝަނުގެ ސަބަބުން ކުއްލި ޙާލަތްތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރުވިފައިވެއެވެ.

-01.jpg&w=3840&q=75)
