logo
MPL

MPL

ޚަބަރު

މިއަހަރުގެ ދެވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް 1.62 މިލިއަން ފަސިންޖަރުން

އަޙުމަދު ރިޝާން
23 އޯގަސްޓު 2026 - 04:30
މިއަހަރުގެ ދެވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް 1.62 މިލިއަން ފަސިންޖަރުން

މިއަހަރުގެ ދެވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖުމްލަ 1.62 މިލިޔަން ފަސިންޖަރުންނަށް އަރާފައިވާކަމަށް އެއާޕޯޓުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބެމުންދާ ބޮޑު ކުރިއެރުމެއްކަން މި ތަފާސްހިސާބުތަކުން ހާމަވެގެންދެއެވެ.

ވީއައިއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި އިންޓަނޭޝަނަލް ދަތުރުތަކުގައި ރާއްޖެއަށް އައިސް އަދި ފުރާފައިވާ ފަސިންޖަރުންގެ އަދަދު 1.04 މިލިޔަނަށް އަރާފައިވެއެވެ. މިއީ މައިގަނޑު ގޮތަކަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާކަން ދައްކުވައިދޭ މުހިންމު ހެއްކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ޑޮމެސްޓިކް ދަތުރުފަތުރުގެ ދާއިރާއަށް ބަލާއިރު، ޑޮމެސްޓިކް ފަސިންޖަރުންގެ ގޮތުގައި 242,104 މީހުން ދަތުރުކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ސީޕްލޭންގެ ހިދުމަތް މެދުވެރިކޮށް 341,792 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަރާތްތަކާއި ރިސޯޓުތަކަށްދާ ފަތުރުވެރިންނަށް ސީޕްލޭންގެ ދަތުރުތައް ވަރަށް ބޮޑަށް ބޭނުންކުރަމުން އަންނަކަން ހާމަވާ ކަމެކެވެ.

މި ކުއާޓަރުގެ ތެރޭގައި އެންމެ ބާރުބޮޑުވެފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ. އެގޮތުން ވީއައިއޭއިން އެންމެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައި ވަނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު ވީލްބޭސްކޮށް، އެކި މަންޒިލްތަކަށް ޖުމްލަ 18,924 ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ. ހަމައެއާއެކު، ސީޕްލޭން މެދުވެރިކޮށް އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ކަމަށްވާއިރު، އެ ދުވަހު އެކަނިވެސް ސީޕްލޭނުން 5,707 މީހުން ދަތުރުކޮށްފައިވެއެވެ.

އެއާޓްރެފިކް މޫވްމަންޓަށް ނުވަތަ ބޯޓުފަހަރުގެ އުދުހުންތަކަށް ބަލާއިރު، މި މުއްދަތުގައި ޖުމްލަ 48,966 މޫވްމަންޓް ރިކޯޑުކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އިންޓަނޭޝަނަލް ދަތުރުތަކުގެ 6,714 މޫވްމަންޓާއި، ޑޮމެސްޓިކް ދަތުރުތަކުގެ 5,957 މޫވްމަންޓުގެ އިތުރުން އެންމެ ގިނަ އަދަދަކަށް ހިމެނޭ ސީޕްލޭންގެ 36,295 މޫވްމަންޓެވެ. މި ހުރިހާ ތަފާސީލުތަކުން ދައްކުވައިދެނީ ރާއްޖޭގެ ވައިގެ ބަނދަރުގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ދަތުރުފަތުރުގެ ނިޒާމު ހަލުވިކަމާއެކު ކުރިއަށްދާކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ދެވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް 1.62 މިލިއަން ފަސިންޖަރުންޚަބަރު | ގަޑިއިރެއް ކުރިންވެލާނާ އެއަޕޯޓާއި، މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެޚަބަރު | 19 ދުވަސް ކުރިންވީއައިއޭ އިން އެއް މަސްތެރޭ އެންމެ ގިނަ ޓްރާންޝިޕްމަންޓް މުދާ އުފުލައި އައު ރެކޯޑެއް ގާއިމުކޮށްފިޚަބަރު | 21 ދުވަސް ކުރިންދިވެހިން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ ފަށައިފިޚަބަރު | މަހެއް ކުރިން