logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭ އިން އެއް މަސްތެރޭ އެންމެ ގިނަ ޓްރާންޝިޕްމަންޓް މުދާ އުފުލައި އައު ރެކޯޑެއް ގާއިމުކޮށްފި

އައިޝަތު އިނާޝާ
2 އޯގަސްޓު 2026 - 13:16
ވީއައިއޭ އިން އެއް މަސްތެރޭ އެންމެ ގިނަ ޓްރާންޝިޕްމަންޓް މުދާ އުފުލައި އައު ރެކޯޑެއް ގާއިމުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 2026 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރުން އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި މިއީ ސީ-ޓު-އެއަރ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތަކުގެ ދަށުން ހާސިލުކުރެވުނު ބޮޑު ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުއްދަތުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު މަހެއްގެ މައްޗަށް 2,000 ޓަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ އެއަރޕޯޓުގެ ތާރީޚުގައި މިފަދަ މިންވަރަކަށް މުދާ އުފުލި ފުރަތަމަ ފަހަރު ކަން އެމްއޭސީއެލް އިން ވަނީ ފާހަގަކޮށްފައެވެ.

މި ނަތީޖާއާއެކު މީގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް ވަނީ މުގުރާލާފަ: އެމްއޭސީއެލް

ވަކިން ހާއްސަކޮށް ސީ-ޓު-އެއަރ ޚިދުމަތަށް ބަލާއިރު، ޖުލައި މަހު އެކަނިވެސް 621 ޓަނުގެ މުދާ ވަނީ ފޮނުވާފަ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މިއީ މި ޚިދުމަތް ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރެވެ. މި ކުރިއެރުންތަކުން ދައްކުވައިދެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި މާކެޓުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒަކަށް ވަމުންދާ ކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ދެވަނަ ކުއާޓާގައި ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް 1.62 މިލިއަން ފަސިންޖަރުންޚަބަރު | މަހެއް ކުރިންރާޔާ އެއާވޭސް އިން ވީއައިއޭއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފިޚަބަރު | މަހެއް ކުރިންވެލާނާ އެއަޕޯޓާއި، މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެޚަބަރު | މަހެއް ކުރިންވީއައިއޭ އިން އެއް މަސްތެރޭ އެންމެ ގިނަ ޓްރާންޝިޕްމަންޓް މުދާ އުފުލައި އައު ރެކޯޑެއް ގާއިމުކޮށްފިޚަބަރު | 2 މަސް ކުރިން