logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތް އަހަރު ގައުމަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކޮށްދިނުމަށް އިލްތިމާސްކުރައްވައިފި

އާމިނަތު ޝަފާ
31 ޑިސެމްބަރު 2024 - 13:19
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް

ކުރިއަށް އޮތް 2025 ވަނަ އަހަރު ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ކޮންމެ ރައްޔިތަކުވެސް މަސައްކަތްކޮށްދިނުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ އިލްތިމާސްކުރައްވައިފިއެވެ.

އަބްދުއްރަހީމް މިފަދައިން އިލްތިމާސްކުރެއްވީ މީލާދީ އައު އަހަރުގެ ތަޙުނިޔާ 2025 އަރިސްކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީލާދީ އައު އަހަރުގެ ތަޙުނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށާއި، އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި އަބްދުއްރަހީމް ވަނީ ކުރިއަށް އޮތް އަހަރު ކޮންމެ މީހަކީވެސް، އާ ޢަޒުމަކާއި އާ ހިތްވަރަކާއި އެކު ދިވެހިޤައުމަށް ފާގަތިކަމާއި، ކުރިއެރުމާއި، އަރުތަ ހާޞިލް ކުރުމަށް ހިތްމަތާއި އެކު މަސައްކަތްކުރާ ރައްޔިތަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ.

އަބްދުއްރަހީމް ގެ ޕޯސްޓް ނިންމާލައްވަމުން ވަނީ ދިވެހީންނަށް އުފާ ފާގަތި ފުދުންތެރި އަމާން ރައްކާތެރި މާދަމާއެއް ހޯއްދަވައި ދެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގައި ބަރަކާތްލައްވައި،ދިވެހީންނަކީ އެކުވެރި، ހިތްހެޔޮ، ހެޔޮލަފާ، އަދި ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ ބަޔަކު ކަމުގައި މިންވަރު ކޮށްދެއްވުން އެދި މާތް ﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ މަޖިލީހުގެ ރައީސްއާ އަބްދުއްރަޙީމް ބައްދަލުކުރައްވައިފިޚަބަރު | 7 ގަޑިއިރު ކުރިންރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ތަސްދީޤުކުރައްވައިފިޚަބަރު | 2 ދުވަސް ކުރިންތެދު ޚަބަރު ޝާއިއުކުރުމަށް ބާރުއަޅާ މީޑިއާ ރެގިއުލޭޓްކުރާ ބިލް މަޖިލީހުން ފާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންމީޑިއާތައް ރެގިއުލޭޓްކުރާ ބިލް ފާސްކުރަން ގޮވާލައި މަގުތަކަށް ނުކުމެއްޖެޚަބަރު | 2 ދުވަސް ކުރިން