މީޑިއާތައް ރެގިއުލޭޓްކުރާ ބިލް ފާސްކުރަން ގޮވާލައި މަގުތަކަށް ނުކުމެއްޖެ
16 ސެޕްޓެމްބަރު 2025 - 09:39

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ފާސްކުރަން ގޮވާލައި ގިނަ އަދަދެއްގެ ބަޔަކު މާލޭގެ ބައެއް މަގުތަކަށް ނުކުމެއްޖެއެވެ.
މި ބިލު ހުށަހެޅިއިރު ބައެއް ކަންބޮޑުވުންތައް ހުއްޓަސް ސަރުކާރުން މިހާރު ވަނީ އެ މާއްދާތަކަށް އިސްލާހް ހުށަހަޅައި، އެ އިސްލާހްތައް ބިލަށް ގެނެސްފައެވެ. އެ އިސްލާހްތަކާއެކު މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ބިލު ފާސްކޮށްފައެވެ.

Ad by Hajj Corporation
މި އިސްލާހްތަކާއެކު ވެސް ބިލު ފާސްކުރުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުންކޮޅެއް ރޭ ވަނީ މާލޭގައި މުޒާހަރާކޮށްފައެވެ. އަދި އެމްޑީޕީގެ ލީޑާރޝިޕްގެ ބައެއް ބޭފުޅުން ލީޑްކުރަށްވާ މުޒާހަރާއެއް މިއަދު ވެސް މަޖިލިސްކުރާ ގޭދޮށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުޒާހަރާގައި ބައެއް މީޑިއާތަކާއި ނޫސްވެރިން ވެސް ބައިވެރިވެއެވެ.
ހަމަ މިއާއެކު، ބިލު ފާސްކުރަން ގޮވާލައި ގިނަ އަދަދެއްގެ ބަޔަކު މިވަނީ މާލޭގެ ބައެއް މަގުތަކަށް ނުކުމެފައެވެ. އެ ފަރާތްތައް ގެންގުޅޭ ލިޔުންތަކުގައި ބިލު ފާސްކުރުން އަވަސް ކުރަން ގޮވާލާފައިވާއިރު، އެ ބިލަކީ ދޮގު ފެތުރުން ހުއްޓުވާ ބިލުކަމަށާއި އަދި މީޑިއާ ރެގިއުލޭޓް ކުރެވޭނެ ބިލެއްކަމަށް ބުނެފަވެއެވެ.
Media thah regulate kuraa bill، islaahu thakakaa eku committee in faas koffi | Mendhuru TvTikTokYouTubeInstagramXFacebook
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ މީޑިއާ ބިލާ އެކު ރެގިއުލޭޓްކުރެވޭނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެކަނިކަމަށާއި ބިލަކީ ކޮންޓެންޓް ކްރިއޭޓަރުންނާއި އަދި އާއްމުންގެ މީހުންނަށް ތަންފީޒު ވާނެ ބިލެއް ނޫންކަމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ރޭ ވަނީ ވިދާޅުވެފައެވެ.
މި ބިލުކޮމެޓީން ފާސްކޮށްފައި ވަނީ މީޑިއާ ބާރުވެރިކޮށް، ތެދު ފެތުރުމަށް ބާރުއެޅޭ ގޮތަށްކަމަށް ދިރާސާކުރާ ވަކިފަރާތަކަށް ނުޖެހޭ ފަރާތްތައް ބުނެފަވެއެވެ.