logo
Bank of Maldives

Bank of Maldives

ޚަބަރު

އިލެކްޝަންސްގެ މެމްބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފި

މުޙައްމަދު އަފްރާޙް
10 ފެބްރުއަރީ 2026 - 08:21
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް މ. މާވަށު، ކިނާރާ، ރިފްއަތު އަބްދުﷲ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވައިދެއްވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތި ނިއުޝާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ސިޓީފުޅު އިއްވެވުމުން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިކަން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ވަނީ އިއުލާންކުރައްވާފައެވެ.

އީސީގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހުން ރުހުންދޭން ފެނޭތޯ ބެލުމަށް ވޯޓު ނަގާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއުކޮށް، މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވުމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިލެކްޝަންސްގެ މެމްބަރުކަމަށް ރިފްއަތު އައްޔަންކުރަން މަޖިލީހަށް ހުށަހަޅައިފިޚަބަރު | 2 ގަޑިއިރު ކުރިންދެ އިންތިހާބު އެއްކޮަށްލާ، މަޖިލީހުގެ ދައުރު ކުރުކޮށްލަން މަޖިލީހުން ފާސްކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންކައުންސިލު އިންތިޚާބުގައި ރީ-ރަޖިސްޓަރީވާން ހުޅުވާލައިފިޚަބަރު | 4 ގަޑިއިރު ކުރިންލޯކަލް އިންތިޚާބު: ރީ-ރަޖިސްޓަރީ ވުމަށް މާދަމާ ހުޅުވާލަނީޚަބަރު | 17 ގަޑިއިރު ކުރިން