logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލު އިންތިޚާބުގައި ރީ-ރަޖިސްޓަރީވާން ހުޅުވާލައިފި

މުޙައްމަދު އަފްރާޙް
10 ފެބްރުއަރީ 2026 - 06:03
ކައުންސިލު އިންތިޚާބުގައި ރީ-ރަޖިސްޓަރީވާން ހުޅުވާލައިފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިޔުޑީސީ) އިންތިޚާބުގައި، ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނީ މި ފުރުސަތު މިއަދު ހެނދުނު 10:00 ގައި ހުޅުވާލާފައިވާ ކަމަށެވެ. އަދި ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އޮންނާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މުއްދަތުގައި ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަން ޖެހޭނީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން އެކަންޏެވެ. ކޮމިޝަނުން ފާހަގަކުރި ގޮތުގައި، މަޖިލިސް އިންތިޚާބުގައި ރިސޯޓު، ސިނާއީ މަސައްކަތްކުރާ ރަށްރަށް، ޖަލު ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކުރި މީހުން، މި އިންތިޚާބުގެ ރަޖިސްޓަރީގައި މިހާރު އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެހުގައެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން އެނގުމަށް "VR (Space) ID-Number" ޖެހުމަށްފަހު 1414 އަށް އެސް.އެމް.އެސް ކޮށްގެން ނުވަތަ ކޮމިޝަނުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

ރީ-ރަޖިސްޓަރީ ވުމަށް ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv)  ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ. 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް ހުށަހަޅާއިރު، އައިޑީ ކާޑުގެ ކޮޕީއާއި ފޮޓޯ ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް 'މައި ޕޯޓަލް' މެދުވެރިކޮށް ވެރިފައިޑް އީފާސް އެކައުންޓަކުން ހުށަހަޅާނަމަ ފޮޓޯ ނުވަތަ އައިޑީ ކާޑު ކޮޕީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 1414 އަށް ގުޅުމަށް ކޮމިޝަނުން އިލްތިމާސްކުރެއެވެ. އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ މައި އިދާރާ ނުވަތަ އިންތިޚާބާބެހޭ މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. މި މަރުކަޒުތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 3:00 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ހުޅުވިފައި ހުންނާނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިހާބު އެއްކޮަށްލާ، މަޖިލީހުގެ ދައުރު ކުރުކޮށްލަން މަޖިލީހުން ފާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންކައުންސިލު އިންތިޚާބުގައި ރީ-ރަޖިސްޓަރީވާން ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންލޯކަލް އިންތިޚާބު: ރީ-ރަޖިސްޓަރީ ވުމަށް މާދަމާ ހުޅުވާލަނީޚަބަރު | 15 ގަޑިއިރު ކުރިންލޯކަލް ކައުންސިލް އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލައިފިޚަބަރު | 19 ގަޑިއިރު ކުރިން