logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލައިފި

ޒިދާން މުޙައްމަދު
9 ފެބްރުއަރީ 2026 - 12:31
އިންތިހާބެއްގައި ވޯޓު ގުނަނީ
އިންތިހާބެއްގައި ވޯޓު ގުނަނީ

ކުރިއަށް އޮތް ލޯކަލް ކަުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

ލޯކަލް ކަުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމާއި މޮނިޓަރަކަށްވުމަށް އެދި ހުށައެޅުމަށް ހުޅުވާލާފަވަނީ 28 ފެބްރުއަރީވާ ހޮނިހިރު ދުވަހުގެ 15:00ގެ ނިޔަލަށެވެ.

ފޯމު ބަލައިގަންނާނީ، އިލެކްޝަން ކޮމިޝަންގެ my.elections.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް އަމިއްލަގޮތުން ނުވަތަ ޖަމިއްޔާއަކުން ހުށައަޅާ ފަރާތެއްނަމަ، އެއްވެސް ސިޔާސީ ޕާޓީއެއްގައި ނަން އޮވެގެން ނުވާނެއެވެ.

ސިޔާސީ ޕާޓީއަކުންނަމަ ހުށައަޅާންވާނީ، ޕާޓީތަކުގެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށެވެ. އޮބްޒާވަރުންގެ ފަރާތުން ސުލޫކީ މިންގަނޑު ކިޔައި އިޤުރާރުވާނީ އިލެކްޝަންގެ މައި.އިލެކްޝަން ޕޯޓަލް މެދުވެރިކޮށެވެ.

މީޑީއާތަކުން މޮނިޓަރުންގެ ގޮތުގައި ހުށައަޅާއިރު، މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކުގެ މަޢުލޫމާތާއި އަދި މީޑިއާގެ ރެޖިސްޓްރީ ލައިންސަންސްގެ މަޢުލޫމާތު ހިމަނަންވާނެއެވެ.

މީޑީއާތަކުން މޮނިޓަރުންގެ ގޮތުގައި ހިމެނޭނީ، ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށެވެ. އެއީ 621 މީހުންނެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަމަޖެހުމުން އެކަން އީސީއިން އެސްއެމްއެސް އަދި ޕޯޓަލް މެދުވެރިކޮށްވެސް އަންގާނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފާސް ޑައުންލޯޑް ކުރެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯކަލް ކައުންސިލް އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުޞަތު ހުޅުވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންކައުންސިލު އިންތިހާބުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން މި މަހު 12 ގަޚަބަރު | ދުވަހެއް ކުރިންލޯކަލް އިންތިހާބަށް ޝަރުތު ހަމަވީ 2،993 މީހުންޚަބަރު | 7 ދުވަސް ކުރިންމާދަމާއަކީ އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަސްޚަބަރު | 9 ދުވަސް ކުރިން