logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޖޫޑް ޖާޑިއެއްގެ ފެންދީފައި ބާސެލޯނާގެ ސަޕޯޓަރުންގެ ނިދި ޚަރާބުކޮށްފި

އަބްދުﷲ ޣާނިމް
4 ޖެނުއަރީ 2025 - 08:31
ޕެނަލްޓީ މިސްކުރުމަަށްފަހު ބާސެލޯނާގެ ސަޕޯޓަރުންނަށް ހިތްދަތިކަން ދިން ޖޫޑް ބެލިންގްހަމް
ޕެނަލްޓީ މިސްކުރުމަަށްފަހު ބާސެލޯނާގެ ސަޕޯޓަރުންނަށް ހިތްދަތިކަން ދިން ޖޫޑް ބެލިންގްހަމް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އާއި ވެލެންސިއާ ބައްދަލުކުރި މެޗުން ފަހަތުން އަރައި ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ވެލެންސިއާގެ ދަނޑުގައި 10 ކުޅުންތެރިންނާއެކު ކުޅުނު ރެއާލް މެޑްރިޑް ވަނީ ފަހަތުން އަރައި ދެ ގޯލުޖަހާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ތޫފާން ދާނާ ގެ ސަބަބުން ނޮވެންބަރު މަހުގައި ކުޅެން ހަމަ ޖެހިފައިވާ މެޗު ލަސްކުރުމަށްފަހު، އައު އަހަރުގެ ފުރަތަމަ މެޗުގޮތުގައި ކުޅުނު މިމެޗުގައި ފުރަތަމަ ގޯލުޖަހައި ކުރިހޯދީ ވެލެންސިއާއިންނެވެ. މި ގޯލަކީ މެޗުގެ 27 ވަނަމިނެޓުގައި ވެލެންސިއާގެ ހާވިއާ ގުއޭރާ ހެދި ބާރު ޝޮޓެއް، ރެއާލްގެ ކީޕަރު އަތުޖެހިފައި ނިކުތުމުން ޑޫރޯ ޖެހި ގޯލެކެވެ.

 

ދެވަނަ ހާފު ފެށިގެން 10 މިނެޓުތެރޭގައި ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ބެލިންގްހަމް ޖެހި ޕެނަލްޓީވަނީ ގޯލުގެ ކަނާއަތު ދަނޑީގައި ޖެހި، ނަތީޖާ ހަމަކުރުމަށް ލިބުނު ފުރުސަތު ވަނީ ގެއްލުވާލާފައެވެ. އަދި އޭގެ 4 މިނެޓުފަހުން އެމްބާއްޕޭ ގޯލެއް ޖެހިނަމަވެސް، ވީ.އޭ.އާރު ބެލުމަށްފަހު އެއީ އޮފްސައިޑު ގޯލެއްކަމުގައި ވަނީ ނިންމާފައެވެ.

 

މެޗު ފެށުނީއްސުރެ ސަޕޯޓަރުން ދިމާކުރަމުން ގެންދިޔަ ވިނީޝިއުސް ގެ ގައިގައި ވެލެންސިއާގެ ކީޕަރު އަތްލުމުން، އެކަމާއި ހިތްހަމަ ނުޖެހިގެން އޭނާ ކޮށްޕާލުމުން، ވިނީޝިއުސް އަށް ވަނީ ރަތްކާޑުދައްކައި ދަނޑުން ފޮނުވާލައި، ސަޕޯޓަރުންގެ އެދުން ތަކާއި، އެއް ޕޮއިންޓުގެ ފަރަގަކާއެކު ރެއާލް ގެ ފަހަތުގައި އޮތް ބާސެލޯނާގެ ސަޕޯޓަރުންގެ އުއްމީދުތައް އާކޮށްދީފައެވެ.

 

ނަމަވެސް 80 ވަނަމިނެޓުގައި ކުޅެން ނިކުތް މޮޑްރިޗް ވަނީ އޭގެ 5 މިނެޓުފަހުން ބެލިންހަމް ދިން ބޯޅައަކުން ގޯލެއްޖަހައި ނަތީޖާ ހަމަކޮށްދީފައެވެ. އަދި އިތުރުވަޤުތުގެ 5 ވަނަ މިނެޓުތެރޭގައި ބެލިންގްހަމް ވަނީ އިތުރު ގޯލެއް ޖަހައި ރެއާލް މެޑްރިޑް މޮޅުކޮށްދީފައެވެ.

 

ރޭގެ މޮޅާއެކު މެޑްރިޑް ވަނީ ތާވަލުގެ އެއްވަނައަށް އަރާފައެވެ. އަދި ބާސެލޯނާ އޮތީ ތާވަލުގެ 3 ވަނައިގައެވެ. މިއާއެކު ރެއާލް މެޑްރިޑް ބަލިވާނެކަމަށް ދަންވަރު ނުނިދާ އުޅުނު ބާސެލޯނާގެ ސަޕޯޓަރުންގެ އުއްމީދުތައް ވަނީ ފުނޑުފުނޑުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނގިރޭސި ޤައުމީ ޓީމުގެ ފުރަތަމަ 11 އިން ބެލިންގހަމް އަށް ޖާގަ ދިނުމާމެދު ހޫނު ބަހުސްތަކެއްކުޅިވަރު | 41 މިނިޓު ކުރިންމެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފިކުޅިވަރު | 11 ދުވަސް ކުރިންރެއާލް މެޑްރިޑްގެ އާމްދަނީ 1.248 ބިލިއަން ޔޫރޯއަށް، މިއީ ކުޅިވަރުގެ ތާރީޚުގައި ވެސް އެންމެ ބޮޑު އަދަދެއްކުޅިވަރު | 14 ދުވަސް ކުރިންއެމްބާއްޕޭ ގޯލްޑަން ބޫޓު ދައްކާލި މެޗުގައި ދެގޯލާއެކު ރެއާލް އަތުފަތު ނުޖެހި ކުރިޔަށްކުޅިވަރު | 19 ދުވަސް ކުރިން