logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފި

އަބްދުﷲ ޣާނިމް
10 ނޮވެމްބަރު 2025 - 04:55
މެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފި

ލަލީގާގެ ތާވަލުގައި އޮތް ރެއާލް މެޑްރިޑް ރެއާލް ރަޔޯ ވަޔެކާނޯ އަތުން 0-0 އިން އެއްވަރުވުމުގެ ފައިދާ ނަގައި،ބާސެލޯނާއިން ވަނީ ސެލްޓާ ވީގޯ އަތުން 4-2 އިން މޮޅުވެ، އެއްވަނައަށް އޮތް މެޑްރިޑާ ދެމެދު އޮތް ފަރަޤު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.

އެސްޓާޑިއޯ ޑި ވަޔެކާސްގައި ކުޅުނު ރެއާލް މެޑްރިޑް މެޗުގައި ފެނުނީ ލޮނުމަޑު ކުޅުމެކެވެ. މިމެޗުގައި މެޑްރިޑަށް މާގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ވީނިސިއަސް ޖޫނިއަރ، ގޫލަރ އަދި އެމްބާޕޭ ވެސް ފެނިގެންދިޔަ މިމެޗު ރެއާލް ގެ ފަރާޓުން ގޯލަށް ނުރައްކާތެރި ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މި ނަތީޖާއާއެކު، އީނިގޯ ޕެރޭޒް އަކީ މެޑްރިޑާ ދެކޮޅަށް ލަލީގާގައި ކުޅުނު ތިން މެޗުން ބަލިނުވެ ނިންމާލި ފުރަތަމަ ވަޔެކާނޯ ކޯޗެވެ. މެޑްރިޑުން ވަޔެކާސްގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ތާވަލުގެ ދެވަނައިގައިވާ ބާސެލޯނާ ރޭގައި ވަނީ ސެލްޓާ ވީގޯ ބަލިކޮށް ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް ދަމަހަށްޓަމުން އައި 5 ޕޮއިންޓްގެ ލީޑު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. މިމެޗުގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ހެޓްރިކެއް ހަދާފައެވެ. މިމެޗު ނިމުނީ 4-2 އިންނެވެ. ބާސެލޯނާގެ އަނެއް ގޯލުޖެހީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ.

robert-lewandowski_15gardmendjoo13x1uysyabd4c.jpg

މިމެޗުގެ އިތުރު ވަގުތުގައި ފްރެންކީ ޑި ޔޮންގް އަށް ރަތް ކާޑު ދެއްކުމުން ބާސެލޯނާއިން މެޗު ނިންމާލާފައިވަނީ 10 ކުޅުންތެރިންނާއެކުއެވެ. ރޭގެ ނަތީޖާތަކާއެކު މިއާއެކު ލަލީގާގެ ޗެމްޕިއަންކަން ހޯދުމުގެ ރޭސް ވަނީ އިތުރަށް ހޫނުވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންރެއާލް މެޑްރިޑްގެ އާމްދަނީ 1.248 ބިލިއަން ޔޫރޯއަށް، މިއީ ކުޅިވަރުގެ ތާރީޚުގައި ވެސް އެންމެ ބޮޑު އަދަދެއްކުޅިވަރު | 3 ދުވަސް ކުރިންޔޫރަޕުގެ އެންމެ ފުރިހަމަ އެއްދަނޑުކަމަށްވާ ކޭމްޕް ނޫ 894 ދުވަސްފަހުން ހުޅުވައިފިކުޅިވަރު | 3 ދުވަސް ކުރިންބާސެލޯނާ ހުތުރު ބައްޔަކުން ސަލާމަތްވެއްޖެކުޅިވަރު | 4 ދުވަސް ކުރިން