logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔޫރަޕުގެ އެންމެ ފުރިހަމަ އެއްދަނޑުކަމަށްވާ ކޭމްޕް ނޫ 894 ދުވަސްފަހުން ހުޅުވައިފި

އަބްދުﷲ ޣާނިމް
7 ނޮވެމްބަރު 2025 - 15:45
ޔޫރަޕުގެ އެންމެ ފުރިހަމަ އެއްދަނޑުކަމަށްވާ ކޭމްޕް ނޫ 894 ދުވަސްފަހުން ހުޅުވައިފި

ބާސެލޯނާގެ ސްޓޭޑިއަމް، ކޭމްޕް ނޫގެ ދޮރުތައް 894 ދުވަހަށް ފަހު އަލުން ހުޅުވައި، އެ ސްޓޭޑިއަމަށް ސަޕޯޓަރުން ވަނުމުގެ ފުރުސަތު އަލުން ލިބިއްޖެއެވެ. ސްޓޭޑިއަމްގެ މި ރަސްމީ ހުޅުވުން ފާހަގަކުރީ ފުރަތަމަ ޓީމުގެ ތަމްރީނު ސެޝަނެއް ބޭއްވުމަށްފަހުގައެވެ. މި ތަމްރީނު ސެޝަން ބަލާލުމަށް 23،000 ސަޕޯޓަރުން ސްޓޭޑިއަމަށް ހާޒިރުވިއެވެ.

ކޭމްޕް ނޫ 2023 ވަނަ އަހަރު ދިގު މުއްދަތަކަށް ބަންދުކުރީ ސްޑޭޑިއަމް އަލުން އެއްކޮށް މަރާމާތުކޮށް އެންމެ ޒަމާނީ ކުރުމަށެވެ. އެންމެ ފަހުން އެ ސްޓޭޑިއަމުގައި މެޗެއް ކުޅުނީ މައްޔޯކާ އަތުން 3-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވި މެޗަށް ފަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަސްލު ކޭމްޕް ނޫ 1982 ގައި ބިނާކުރި އިރު އެ ޒަމާނުގެ އެންމެ މޮޅު ސްޓޭޑިއަމްގެ ގޮތުގައި ފާހަގަވި ފަދައިން، މިހާރުގެ ބަދަލުތަކަށް ފަހު ވެސް އެ ޒަމާނުގެ އެންމެ މޮޅު ސްޓޭޑިއަމަކަށް ހެދުމަކީ ބާސެލޯނާގެ އަމާޒެކެވެ.

894 ދުވަހުގެ ދިގު އިންތިޒާރަކަށް ފަހު، ބާސެލޯނާގެ ފޭން ކްލަބްތަކަށް ޚާއްސަކޮށްގެން މިހާރު މި ވަނީ އާންމުންނަށް ސްޓޭޑިއަމްގެ ދޮރުތައް ހުޅުވާލާފައެވެ. އެއީ ހުޅުވާލައިގެން ބާއްވާ ތަމްރީނު ސެޝަނެއް ބަލާލުމަށެވެ. ސްޓޭޑިއަމްގެ ބައެއް ބައިތައް އެކަނި ބޭނުންކުރެވޭނެ ނަމަވެސް، ކްލަބްގެ މި މަޝްހޫރު ސްޓޭޑިއަމަށް އަލުން އެނބުރި އައުމަކީ ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ވެސް ވަރަށް ޖަޒުބާތީ ވަގުތެއް ކަމަށް ބެލެވެއެވެ.

ބާސެލޯނާގެ ދަނޑު ރަސްމީކޮށް ހުޅުވިނަމަވެސް، މިދަނޑުގައި މެޗެއް ކުޅެވޭވަރުވާނީ އަންނަ މަހުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫރަޕުގެ އެންމެ ފުރިހަމަ އެއްދަނޑުކަމަށްވާ ކޭމްޕް ނޫ 894 ދުވަސްފަހުން ހުޅުވައިފިކުޅިވަރު | 11 ގަޑިއިރު ކުރިންބާސެލޯނާ ހުތުރު ބައްޔަކުން ސަލާމަތްވެއްޖެކުޅިވަރު | 2 ދުވަސް ކުރިންމެސީ ބާސާއިން ބޭރުކޮށްލި ލަޕޯޓާ ރައީސްކަމުން ބޭރުކުރަން މެސީ ނިކުންނަނީކުޅިވަރު | 8 ދުވަސް ކުރިންޕެޑްރީއަށް އަނިޔާވެ ތިންހަފްތާއަށް ކުޅުމާދުރަށްކުޅިވަރު | 9 ދުވަސް ކުރިން