logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސެލޯނާ ހުތުރު ބައްޔަކުން ސަލާމަތްވެއްޖެ

އަބްދުﷲ ޣާނިމް
6 ނޮވެމްބަރު 2025 - 06:21
ބާސެލޯނާ ހުތުރު ބައްޔަކުން ސަލާމަތްވެއްޖެ

ބާސެލޯނާ އާއި ބެލްޖިއަމްގެ ކްލަބް ބްރޫގޭ ބުދަ ދުވަހުގެ ރޭ ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. މިމެޗުގައި އިނދިކޮޅުޓީމުގެ ޕެނަލްޓީއެއްވެސް ކެންސަލް ކޮށްފައިވާއިރު، މެޗު ނިމެން ފަހު ވަގުތަށް ވެފައިވަނިކޮށް ބްރޫގޭ އިން ޖެހި ގޯލުވެސް ވަނީ ކެންސަލް ކޮށްފައެވެ. ޖަން ބްރެއިޑެލްސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ.

މެޗުގެ ފުރަތަމަ ހަ މިނިޓް ތެރޭގައި ކްލަބް ބްރޫގޭ އިން ވަނީ ލީޑު ނަގާފައެވެ. ކާލޯސް ފޯބްސް އޮފްސައިޑް ޓްރެޕުން ސަލާމަތްވެ ނިކޮލޯ ޓްރެސޯލްޑީއަށް ދިން ފުރުސަތުގެ ބޭނުން ހިފައި އޭނާ ވަނީ ފުރަތަމަ ގޯލު ޖަހާފައެވެ. ނަމަވެސް ބާސެލޯނާއިން ވަނީ އެއަށްފަހު ދެ މިނިޓް ތެރޭގައި ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފާމިން ލޯޕޭޒް ދިން ރީތި ޕާހެއް ފެރާން ޓޮރޭސް ވަނީ ގޯލަށް ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭގައި ބްރޫގޭ އިން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. ފޯބްސް ވަނީ ބާސެލޯނާގެ ޑިފެންސް ފުނޑާލުމަށް ފަހު ވޮއިޗެކް ޝެޒްނީ ކައިރިން ބޯޅަ ވައްދާލާފައެވެ. މެޗުގެ 60 ވަނަ މިނިޓްގައި ޔަމާލް ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފާމިން ދިން ބެކް-ހީލް ޕާހަކަށްފަހު ޔަމާލް ވަނީ ބްރޫގޭގެ ޑިފެންސް ފޫއަޅުވާލާފައި ގޯލު ޖަހާފައެވެ.

ނަމަވެސް ބްރޫގޭ އިން ވަނީ ދެ މިނިޓް ފަހުން އަނެއްކާވެސް ލީޑު ނަގާފައެވެ. ފޯބްސް އަނެއްކާވެސް ބާސެލޯނާގެ ހައި ޑިފެންސިވް ލައިނުގެ ބޭނުން ހިފައި، ޝެޒްނީ ކައިރިން ބޯޅަ ވައްދާލިއެވެ. މެޗުގެ 77 ވަނަ މިނިޓްގައި ބްރޫގޭ ކޫލުންތރެިއެއްގެ އަތުން ބައިކޮޅަށް ގޯލެއް ވަދެ، ނަތީޖާ ވަނީ ހަމަހަމަވެފައެވެ.

އިތުރު ވަގުތުގެ ތެރޭގައި ރޮމެއޯ ވާމަންޓް ބްރޫގޭއަށް ގޯލެއް ޖަހައި ލީޑު ނެގި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު އެ ގޯލަކީ ފައުލެއް ކަމަށް ނިންމައި ބަލައިނުގަތެވެ. މި ނަތީޖާއާއެކު ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ސްޓޭންޑިންގްސްގެ 11 ވަނައިގައި އޮތްއިރު، ބްރޫގޭ އޮތީ 22 ވަނައިގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާ ހުތުރު ބައްޔަކުން ސަލާމަތްވެއްޖެކުޅިވަރު | 12 ގަޑިއިރު ކުރިންމެސީ ބާސާއިން ބޭރުކޮށްލި ލަޕޯޓާ ރައީސްކަމުން ބޭރުކުރަން މެސީ ނިކުންނަނީކުޅިވަރު | 6 ދުވަސް ކުރިންޕެޑްރީއަށް އަނިޔާވެ ތިންހަފްތާއަށް ކުޅުމާދުރަށްކުޅިވަރު | 8 ދުވަސް ކުރިންނެގްރޭރާ ކޮރަޕްޝަނުގެ މައްސަލައިގައި ފޮރުވައިގެން އުޅޭ އެއްބަސްވުންތައް ހުށަހެޅުމަށް ބާސެލޯނާގެ މައްޗަށް އަމުރުކޮށްފިކުޅިވަރު | 10 ދުވަސް ކުރިން