logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނެގްރޭރާ ކޮރަޕްޝަނުގެ މައްސަލައިގައި ފޮރުވައިގެން އުޅޭ އެއްބަސްވުންތައް ހުށަހެޅުމަށް ބާސެލޯނާގެ މައްޗަށް އަމުރުކޮށްފި

އަބްދުﷲ ޣާނިމް
28 އޮކްޓޯބަރު 2025 - 05:00
ނެގްރޭރާ ކޮރަޕްޝަނުގެ މައްސަލައިގައި ފޮރުވައިގެން އުޅޭ އެއްބަސްވުންތައް ހުށަހެޅުމަށް ބާސެލޯނާގެ މައްޗަށް އަމުރުކޮށްފި

ނެގްރޭރާ ކޮރަޕްޝަނުގެ މައްސަލައިގައި އެފްސީ ބާސެލޯނާގެ ޤާނޫނީ މައްސަލަތައް އިތުރަށް ގޯސްވެއްޖެއެވެ. ބާސެލޯނާ ސިޓީގެ ފަސްޓް ކޯޓް އޮފް އިންސްޓްރަކްޝަން (ތަޙްޤީޤު ކޯޓު) އިން ވަނީ، ސްޕެއިންގެ ރެފްރީންގެ ކޮމިޓީގެ ކުރީގެ ނައިބު ރައީސް ޖޯސޭ މާރިއާ އެންރީކޭ ނެގްރޭރާ އާއެކު ހަދާފައިވާ އަސްލު އެއްބަސްވުންތައް ހުށަހެޅުމަށް ކްލަބަށް އަމުރުކޮށްފައެވެ. މީގެ އިތުރުން 20 އަހަރުގެ ތެރޭގައި ނެގްރޭރާއަށް ދީފައިވާ 8 މިލިއަން ޔޫރޯގެ ފައިސާގެ ހިސާބުތަކަށް އެއްބާރުލުންދޭ ހެކިތައް ވެސް ހުށަހެޅުމަށް ކޯޓުން ވަނީ އަންގާފައެވެ. މި އަމުރަކީ ނެގްރޭރާގެ މައްސަލައިގެ ތަޙްޤީޤު އިތުރަށް ވަރުގަދަވެގެންދާ ކަމެކެވެ.

މި އެއްބަސްވުންތަކުގެ އެއްވެސް އަސްލެއް އަދި ނެގްރޭރާގެ މަސައްކަތަށް ފައިސާ ދެއްކިކަމުގެ އެއްވެސް ލިޔެކިޔުމެއް ބާސެލޯނާގެ އަރުޝީފްތަކުން ފެނިފައެއް ނުވެއެވެ. މީގެކުރިން ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ދެފަރާތުންވެސް ވަނީ މިމައްސަލަ ފެންމަތިވުމާއެކު އެއްބަސްވުންތައް ނައްތާލާފައެވެ. މިކަމަށް ބާރުދޭ އެއްވެސް ހެއްކެއް އެފަރާތްތަކުން ހުށަހަޅާފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނެގްރޭރާ އޭނާގެ މަސައްކަތް ކޮށްފައިވަނީ ހަމައެކަނި އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލަފާދޭގޮތަށް ކަމަށް ބާސެލޯނާއިން ބުނި ނަމަވެސް، އެކަން ސާބިތުކޮށްދޭ އެއްވެސް ޑޮކިއުމެންޓެއް ނެތުމަކީ މި މައްސަލަ އިތުރަށް ބޮޑުވާ ކަމެކެވެ. މި މައްސަލަ އަކީ 1999 އާއި 2018 އާ ދެމެދު ކްލަބުން ދީފައިވާ ސިއްރު ފައިސާގެ މައްސަލައެކެވެ.

މި އަމުރާ ގުޅިގެން. ކްލަބް ތަމްސީލުކުރާނެ ފަރާތެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. މީގެ އިތުރުން، މިހާރުގެ ރައީސް ޖޯން ލަޕޯޓާ އާއި ކުރީގެ ކޯޗުން ކަމަށްވާ ލުއިސް އެންރީކޭ އަދި އާނެސްޓޯ ވަލްވާޑޭ ވަނީ ނޮވެމްބަރު 25 ގައި ހެކިބަސް ދިނުމަށް ތާވަލުކުރެވިފައެވެ. ކުރީގެ ރައީސް ޖޯން ގަސްޕާޓް ފެބްރުއަރީ 6 ގައި އަދި ކްލަބްގެ ތަމްސީލުކުރާ އެލީނާ ފޯޓް ޖެނުއަރީ 27 ގައި ހެކިބަސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މައްސަލައިގެ ތަޙްޤީޤަށް އިތުރު ބާރެއް ލިބިގެންދިޔައީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ބާސެލޯނާއިން ރެފްރީންނާ ބެހޭ ލަފާދިނުމުގެ މަސައްކަތްތަކަށް ހަމަޖައްސާފައިވާ ކުރީގެ ރެފްރީ ރިކާޑޯ ސެގޫރާ ވެސް ހެކިބަސް ދިނުމަށް ހާޒިރުކުރުމުންނެވެ. މިކަމުގެ ސަބަބުން ކްލަބާއި ރެފްރީންނާ ދެމެދު އޮންނަ ގުޅުންތަކާ މެދު އިތުރު ސުވާލުތައް އުފެދިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެޑްރީއަށް އަނިޔާވެ ތިންހަފްތާއަށް ކުޅުމާދުރަށްކުޅިވަރު | 13 ގަޑިއިރު ކުރިންނެގްރޭރާ ކޮރަޕްޝަނުގެ މައްސަލައިގައި ފޮރުވައިގެން އުޅޭ އެއްބަސްވުންތައް ހުށަހެޅުމަށް ބާސެލޯނާގެ މައްޗަށް އަމުރުކޮށްފިކުޅިވަރު | 3 ދުވަސް ކުރިންމެސީ ކޭމްޕްނޫ އަށް އަންނަ އަހަރު އެނބުރި އަންނަނީކުޅިވަރު | 11 ދުވަސް ކުރިންޑިފެންޑަރ ފޯވާޑަކަށްލައިގެން ބާސާ މެޗު ކާމިޔާބުކުރިއިރު، ކޯޗަށް އެލް ކްލެސިކޯ ގެއްލިއްޖެކުޅިވަރު | 12 ދުވަސް ކުރިން