logo
MPL

MPL

ކުޅިވަރު

ގަބުރުސްތާނު އެފްސީ؟ ލާރިހުސްވެ، ބާސެލޯނާއިން އެންމެ ފަހުން ދަނޑުގައި ގަބުރުވަޅުލަން ލާރިނަގަން ފަށަނީ

އަބްދުﷲ ޣާނިމް
12 ނޮވެމްބަރު 2026 - 09:59
ލާރިހުސްވެގެން ހަދާނެގޮތް ހުސްވެ، ބާސެލޯނާއިން އެންމެ ފަހުން ދަނޑުގައި ގަބުރުސްތާނަކަށް ހަދައި ލާރިނަގަން ފަށަނީ

ބާސެލޯނާގެ ސަޕޯޓަރުން މަރުވުމަށްފަހު އެ މީހުންގެ އަޅި، އެ ކްލަބުގެ ސްޓޭޑިއަމް ކަމަށްވާ ކޭމްޕް ނޯގައި ރައްކާކޮށް ބެހެއްޓޭނެ ހާއްސަ މެމޯރިއަލްއެއް ތައާރަފުކޮށްފި އެވެ. މި މަޝްރޫއުގެ ދަށުން، މަރުވުމަށްފަހު ވެސް ކްލަބަށް ސަޕޯޓުކުރުމުގެ ފުރުސަތު ސަޕޯޓަރުންނަށް ލިބިގެންދާނެ ކަމަށް ބާސެލޯނާއިން ބުނެ އެވެ.

ކޭމްޕް ނޯ އަލުން ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ތެރެއިން ހަދާ "މެމޯރިއަލް އެފްސީ ބާސެލޯނާ" ގައި، ސަޕޯޓަރުންގެ އަޅި ބެހެއްޓުމަށް 26،000 ޖާގަ (ނިޝް) ހާއްސަކުރެވިފައިވެ އެވެ. މި ތަނުގައި އަޅި ބެހެއްޓުމަށް އަގުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން 10 އަހަރަށް 2،490 ޔޫރޯ އަދި 50 އަހަރަށް 6،000 ޔޫރޯ ހަމަޖައްސާފައިވާއިރު، އަހަރީ މެއިންޓަނަންސް ފީގެ ގޮތުގައި 70 ޔޫރޯ ދައްކަން ޖެހެ އެވެ. އަދި ދާއިމީކޮށް މި ޖާގަ ކަށަވަރުކުރުމަށް 10،000 ޔޫރޯ ހޭދަވާއިރު، ހަނދާނީ ފިލައަކަށް އިތުރު 490 ޔޫރޯ ނަގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެމޯރިއަލް ތައާރަފުކޮށްދެއްވަމުން ބާސެލޯނާގެ އިންސްޓިޓިއުޝަނަލް ވައިސް ޕްރެޒިޑެންޓް މާރިއާ އެލީނާ ފޯޓް ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން އޭނާގެ ކާފަ މަރުވި އިރު އެދުނު ހަމައެކަނި ކަމަކީ މަރުވުމަށްފަހު ވެސް ޖަހާ ލަނޑުތަކުގެ އަޑުއިވޭނެހެން ކޭމްޕް ނޯގެ ޕިޗާ ކައިރީ ވަޅުލައިދިނުން ކަމަށެވެ. އަދި މިއީ ކްލަބުގެ އެތައް ހާސް ސަޕޯޓަރުންނެއް ދެކޭ ހުވަފެނެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އާކިޓެކްޓް ކީކޭ މޮންޓޯޔާ ޑިޒައިންކޮށްފައިވާ މި މެމޯރިއަލްގައި އަލިކޮށްފައިވާ ހަތަރު ބޮޑު ގޮޅި ހިމެނޭނެ އެވެ. އަދި ހަނދާނީ ފިލާތައް ހަރުކުރާނީ އެލްއީޑީ އަލިން ދިއްލާފައިވާ ބިއްލޫރި ފާރެއްގަ އެވެ. މީގެ އިތުރުން ސަޕޯޓަރުންގެ އަޅި އެޅި ކަންވާރުތައް ބަހައްޓާނީ ބާސެލޯނާގެ 125 އަހަރުވީ ދިގު ތާރީހު ދައްކުވައިދޭ ހާއްސަ މިއުރަލްއެއްގެ ފަހަތުގަ އެވެ. ސްޕެއިންގެ އެހެން ކްލަބްތައް ކަމަށްވާ އެތުލެޓިކޯ މެޑްރިޑާއި ބެޓިސް އަދި އެސްޕަނިޔޯލްގެ ސްޓޭޑިއަމްތަކުގައި ވެސް މިފަދަ ކުދި ކޮލަމްބޭރިއަމްތައް މީގެ ކުރިން ގާއިމުކޮށްފައިވެ އެވެ.

މި މެމޯރިއަލްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ފަށަން ތާވަލުކޮށްފައިވާއިރު، މިހާރު ވެސް 1،000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ ޖާގަ ބުކްކޮށްފަ އެވެ. މިކަމުން ލިބޭ އާމްދަނީ ބޭނުންކުރާނީ 1957 ގައި ބިނާކުރި ސްޓޭޑިއަމް އަލުން ތަރައްގީކުރުމުގެ ބޮޑު ހަރަދުގެ ތެރެއިންނެވެ.

ކޭމްޕް ނޯ އަލުން ތަރައްގީކުރުމުގެ މަސައްކަތް 2023 ގައި ފެށީ ސްޓޭޑިއަމްގެ ޖާގަ 99،354 އިން 105،000 އަށް އިތުރުކުރުމަށެވެ. މިއީ ވެމްބްލީ ސްޓޭޑިއަމަށް ވުރެ 15،000 ސީޓު އިތުރު އަދަދެއް ކަމުން، މިއާއެކު އެ ތަން ވެގެންދާނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިއަމަށެވެ. އެންމެ ފުރަތަމަ 900 މިލިއަން ޔޫރޯ އަށް ހަރަދުވާނެ ކަމަށް ލަފާކުރި މި މަޝްރޫއުގެ ހަރަދު މިހާރު ވަނީ ގާތްގަނޑަކަށް 2 ބިލިއަން ޔޫރޯ އަށް އަރައިފަ އެވެ.

ތުރުކީގެ ލިމަކް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ވަނީ އެކި ސަބަބުތަކާ ހުރެ ލަސްވެ، މަސައްކަތްތެރިންގެ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން 1،000 އަށް ވުރެ ގިނަ ސަބްކޮންޓްރެކްޓަރުންނަށް އިތުރުގަޑީގެ ފައިސާ ނުދޭ ކަމަށް ބާސެލޯނާއިން 2024 ގައި ވަނީ އެއްބަސްވެފަ އެވެ. މި އަހަރުގެ ފަހުކޮޅު މަސައްކަތްތައް ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް، ސްޓޭޑިއަމްގެ ފުރާޅު އެޅުމުގެ މަސައްކަތް ކުރިއަށްދާތީ، އަންނަ ސީޒަނުގެ ބައެއް މެޗުތައް ބާސެލޯނާއިން ކުޅެން ޖެހޭނީ 55،926 މީހުންގެ ޖާގައިގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލާރިހުސްވެގެން ހަދާނެގޮތް ހުސްވެ، ބާސެލޯނާއިން އެންމެ ފަހުން ދަނޑުގައި ގަބުރުސްތާނަކަށް ހަދައި ލާރިނަގަން ފަށަނީކުޅިވަރު | 28 މިނިޓު ކުރިންބޮޑެތި ޓީމުތަކާދެކޮޅަށް ކުޅެން ބިރުގަންނަ ބާސާއިން އެންމެ ފަހުން ބޮޑު ޓީމަކަށް ކިޔާ ބަޔަކު ބަލިކޮށްފިކުޅިވަރު | 3 ދުވަސް ކުރިންޔަމާލްގެ ތާރީޚީ ލަނޑާއެކު ބާސެލޯނާއިން އެސްޓަން ވިލާ ބަލިކޮށްފިކުޅިވަރު | 8 ދުވަސް ކުރިންބޮޑެތި މެޗުތަކުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ކުދިޓީމުތަކަށް، ބާސާގެ ރޯޅި މިފަހަރު އަލާވެސް އަށްކުޅިވަރު | 11 ދުވަސް ކުރިން