logo
MPL

MPL

ކުޅިވަރު

ބޮޑެތި ޓީމުތަކާދެކޮޅަށް ކުޅެން ބިރުގަންނަ ބާސާއިން އެންމެ ފަހުން ބޮޑު ޓީމަކަށް ކިޔާ ބަޔަކު ބަލިކޮށްފި

އަބްދުﷲ ޣާނިމް
9 ނޮވެމްބަރު 2026 - 03:12
ބޮޑެތި ޓީމުތަކާދެކޮޅަށް ކުޅެން ބިރުގަންނަ ބާސާއިން އެންމެ ފަހުން ބޮޑު ޓީމަކަށް ކިޔާ ބަޔަކު ބަލިކޮށްފި

ބޮޑެތި ޓީމުތަކާދެކޮޅަށް ކުޅެން ބިރުގަންނަ ބާސެލޯނާ އެންމެ ފަހުން ބޮޑު ޓީމެއް އަތުން ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ. އެގޮތުން ސްޕެނިޝް ލަލީގާގައި ފަހަތުން އަރައި 2-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ބާސެލޯނާއިން ވަނީ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. އެސްޓާޑިއޯ މެޓްރޯޕޮލިޓާނޯގައި ކުޅުނު މި މެޗުން ހޯދި މޮޅާއެކު، އިންޓަނޭޝަނަލް ބްރޭކަށް ދިޔައިރު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ ރެއާލް މެޑްރިޑަށް ވުރެ ކުރީގައެވެ.

ފޯރިގަދަ ކުޅުމަކާއެކު ފެށުނު މި މެޗުގެ ފުރަތަމަހާފުގައި އެތްލެޓިކޯއިން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މެޗުފެށިގެން 10 ވަނަ މިނެޓުގައި އެތުލެޓިކޯއަށް ލީޑު ނަގައިދިނީ ޖޫލިއާނޯ ސިމިއޯނޭއެވެ. މި ލަނޑު ޖެހުމުގެ ކުރިން ދެ ޓީމުން ފޮނުވާލި ހަމަލާތައް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ދަނިކޮށް ޕެޑްރީ ތަނަވަސްކުރި ފުރުސަތަކުން ފެރްމިން ލޯޕޭޒް ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ބާސެލޯނާއިން ކުޅުން ރަނގަޅުކޮށް، މެޗުގެ 66 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ލަމީން ޔަމާލް ދިން ޕާހަކުން މި ލަނޑުވެސް ކާމިޔާބުކުރީ މޮޅު ކުޅުމެއް ދެއްކި ފެރްމިންއެވެ. މިއީ މި ސީޒަނުގައި އޭނާ ހިއްސާވި 15 ވަނަ ލަނޑެވެ. ޔަމާލް ވަނީ މި މެޗުގައި ލަނޑު ޖަހާނެ 7 ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ދެވަނަ ހާފުގައި އެތުލެޓިކޯއަށް ބާސެލޯނާގެ ގޯލަށް ސީދާ އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފައެވެ. އަދި މި ނަތީޖާއާއެކު ބާސެލޯނާއަށް ބޮޑެތި ޓީމުތައް ބަލިނުކުރެވޭނެކަމަށް ބުނެ ފާޑުކިޔާ މީހުންނާއި ދެކޮޅަށް ރައްދު ދިނުމުގެ ފުރުސަތު ބާސެލޯނާގެ ސަޕޯޓަރުން ވަނީ ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑެތި ޓީމުތަކާދެކޮޅަށް ކުޅެން ބިރުގަންނަ ބާސާއިން އެންމެ ފަހުން ބޮޑު ޓީމަކަށް ކިޔާ ބަޔަކު ބަލިކޮށްފިކުޅިވަރު | 22 މިނިޓު ކުރިންޔަމާލްގެ ތާރީޚީ ލަނޑާއެކު ބާސެލޯނާއިން އެސްޓަން ވިލާ ބަލިކޮށްފިކުޅިވަރު | 5 ދުވަސް ކުރިންބޮޑެތި މެޗުތަކުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ކުދިޓީމުތަކަށް، ބާސާގެ ރޯޅި މިފަހަރު އަލާވެސް އަށްކުޅިވަރު | 8 ދުވަސް ކުރިންއުސޫލުން ބޭރުން ބާސެލޯނާ އަލްވަރޭޒް ގެންނަން އުޅުނު މައްސަލައިގައި ކިއްލިގޮށްޓަކުން ޖޫރިމަނާކޮށްފިކުޅިވަރު | 12 ދުވަސް ކުރިން