logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕެޑްރީއަށް އަނިޔާވެ ތިންހަފްތާއަށް ކުޅުމާދުރަށް

އަބްދުﷲ ޣާނިމް
30 އޮކްޓޯބަރު 2025 - 04:47
ޕެޑްރީއަށް އަނިޔާވެ ތިންހަފްތާއަށް ކުޅުމާދުރަށް

ބާސެލޯނާގެ މެދުތެރޭގެ އެންމެ މުހިންމު ކުޅުންތެރިޔާ ޕެޑްރީއަށް އަނިޔާވެ، ތިން ހަފްތާއަށް ކުޅުމާ ދުރުވާންޖެހިފައިވާކަމަށް ކްލަބުން ރަސްމީކޮށް ހާމަކޮށްފިއެވެ. މި އަނިޔާއަކީ ހެމްސްޓްރިންގްގެ އަނިޔާއެކެވެ. މިއީ މި ސީޒަނުގައި ބާސެލޯނާއަށް ކުރިމަތިވި އިތުރު ބޮޑު ހީނަރުކަމެކެވެ.

ބާސެލޯނާއިން ބުނީ، ޕެޑްރީއަށް އަނިޔާވެފައިވަނީ އޭނާގެ ވާތު ފައިގެ ފަލަމަސްގަނޑުގެ ޑިސްޓަލް ބައިސެޕްސް ފެމޯރިސް މަސްގަނޑު ވީދައިގެންގޮސްގެން ކަމަށެވެ. ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ ކުޅުމަށް އެނބުރި އަންނާނެ ވަގުތު ބިނާވެފައިވަނީ އަނިޔާއިން ރިކަވަރީވާ މިންވަރެއްގެ މައްޗަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޕެއިންގެ މި ޒުވާން ތަރި ވަނީ 2025-26 ސީޒަން ވަރަށް ރަނގަޅަށް ފަށާފައެވެ. އޭނާ ވަނީ މިހާތަނަށް ހުރިހާ މުބާރާތެއްގައި ކުޅުނު 13 މެޗުންދެ ގޯލު އަދި ދެ އެސިސްޓް ދީފައެވެ. އަދި އޭނާ ވަނީ ޓީމުގެ އެހެން ކުޅުންތެރިންނަށްވުރެ ގިނަ ޗާންސް (29) ތަނަވަސްކޮށްދީ، ގިނަ ކާމިޔާބު ޕާސް (1,012) ދީފައެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ މެއި މަހު ހާންސީ ފްލިކް ބާސެލޯނާއާ ހަވާލުވީ ފަހުން، ޕެޑްރީ (72 މެޗު) އަކީ އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާއަށް ވުމުން، މި އަނިޔާއަކީ ހައިރާންވާންޖެހޭ ކަމަކަށް ނުވެދާނެއެވެ.

މި ސީޒަނަކީ ބާސެލޯނާގެ މެޑިކަލް ޓީމަށް ގިނަ އަނިޔާތަކެއް ކުރިމަތިވި ސީޒަނެކެވެ. ގާވީ، ރޮބަރޓް ލެވަންޑޯސްކީ، ރަފީނިއާ، ގާސިޔާ އަދީ އޮލްމޯ ފަދަ މުހިންމު ކުޅުންތެރިން މިވަގުތުވެސް ތިބީ އަނިޔާގެ ސަބަބުން ކުޅުމާދުރުގައެވެ. ލެވަންޑޯސްކީ އާއި އޮލްމޯ ވަނީ ބުދަ ދުވަހު ޓީމުގެ ތަމްރީނުތަކުގައި ބައިވެރިވެފައެވެ. އެ ދެ ކުޅުންތެރިންނަށް އަނިޔާވީ އޮކްޓޯބަރު މަހުގެ ބައިނަލްއަޤްވާމީ މެޗުތަކުގެ ބްރޭކްގައެވެ.

ޕެޑްރީ ނެތް ހާލަތުގައި ބާސެލޯނާއިން ކުރިއަށް އޮތް މެޗުތަކަށް ނިކުންނަން ޖެހެއެވެ. އެގޮތުން، އެ ޓީމުން އާދީއްތަ ދުވަހު އެލްޗޭއާ ދެކޮޅަށް ނިކުންނައިރު، އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ކްލަބް ބްރަގާ އާ ދެކޮޅަށް ކުޅޭނެއެވެ.

މިއަނިޔާއާއި ގުޅިގެން ނޮވެމްބަރުމަހުގެ 25 ވަނަ ދުވަހުގައި ޗެލްސީއާއި ދެކޮޅަށް އަދި ޑިސެމްބަރު 2 ގައި އެތްލެޓިކޯ އާއި ދެކޮޅަށް ކުލޭމެޗު ޕެޑްރީއަށް ގެއްލޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެޑްރީއަށް އަނިޔާވެ ތިންހަފްތާއަށް ކުޅުމާދުރަށްކުޅިވަރު | 10 ގަޑިއިރު ކުރިންނެގްރޭރާ ކޮރަޕްޝަނުގެ މައްސަލައިގައި ފޮރުވައިގެން އުޅޭ އެއްބަސްވުންތައް ހުށަހެޅުމަށް ބާސެލޯނާގެ މައްޗަށް އަމުރުކޮށްފިކުޅިވަރު | 2 ދުވަސް ކުރިންމެސީ ކޭމްޕްނޫ އަށް އަންނަ އަހަރު އެނބުރި އަންނަނީކުޅިވަރު | 11 ދުވަސް ކުރިންޑިފެންޑަރ ފޯވާޑަކަށްލައިގެން ބާސާ މެޗު ކާމިޔާބުކުރިއިރު، ކޯޗަށް އެލް ކްލެސިކޯ ގެއްލިއްޖެކުޅިވަރު | 11 ދުވަސް ކުރިން