logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެސީ ކޭމްޕްނޫ އަށް އަންނަ އަހަރު އެނބުރި އަންނަނީ

އަބްދުﷲ ޣާނިމް
19 އޮކްޓޯބަރު 2025 - 18:52
މެސީ ކޭމްޕްނޫ އަށް އަންނަ އަހަރު އެނބުރި އަންނަނީ

ބާސެލޯނާގެ ރައީސް ޖުއާން ލަޕޯޓާ މެސީ އަންނަ އަހަރުގައި ބާސެލޯނާގެ ދަނޑު 'ސްޕޮޓިފައި ކޭމްޕް ނޫ' އިން މެސީ ފެންނާނެކަމަށް ބުނެފިއެވެ. އެގޮތުން 2026 ވަނަ އަހަރުގެ ނިޔަލަށް ސްޕޮޓިފައި ކެމްޕް ނޯ އަލުން ހުޅުވުމުން ކުލަބުގެ އެންމެ މޮޅު ކުޅުންތެރިޔާ މެސީއަށް ޚާއްސަ ޝަރަފެއް ދިނުމަށް ރާވާފައިވާ ކަމަށެވެ.

ރިޕޯޓްތަކުން ބުނާގޮތުން ބާސެލޯނާއިން އެކުލަބުގައި މިހާތަނަށް އުފެދުނު އެންމެ މޮޅުކުޅުންތެރިޔާއަށް ބޮޑު ފެއާވެލް އެއް ބާސެލޯނާގެ ދަނޑުގައި ދިނުމަށް ވަނީ ނިންމާފައެވެ. މިއީ ބާސެލޯނާގެ ގިނަ ސަޕޯޓަރުން ވަރަށްވެސް ބޮޑަށް އުއްމީދުކުރަމުން އައި ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މެސީއާ ބެހޭ ގޮތުން އަޅުގަނޑު ވާނީ ގިނަ ފަހަރު މަތިން ބުނެފައި، އޭނާއަށް ޝަރަފު އެރުވުމަކީ އަޅުގަނޑުމެން ވަރަށް އުފަލާއެކު ކުރާނެ ކަމެއް. ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް މިކަން އެނގިވަޑައިގަންނަވާ،" ލަޕޯޓާ ބުނެފައިވެއެވެ.

މީގެއިތުރުން ލަޕޯޓާ ވަނީ މޮންޖުއިކްގައި ކުޅުންތައް ކުރިއަށްދާ ގޮތާ މެދުވެސް ވާހަކަ ދައްކާފައެވެ. އެގޮތުން އެތުލެޓިކްސް ސްޓޭޑިއަމަކަށްވުމުން ދިމާވާ ގޮންޖެހުންތަކާއި، ސަޕޯޓަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަންސް ލީގުން ކެޓުމާއެކު ބާސާގެ ރައީސް އަދި ރަފީނިޔާ ހުރިހާ ރުޅިއެއް ޔުއެފާ އާއި ރެފްރީންނަށްކުޅިވަރު | 4 ދުވަސް ކުރިންޖެހިޖެހިގެން ތިންފަހަރު ކަޓައިގެންދިޔަ އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ޔަމާލު ބާސާއާއެކު ގެޔަށްކުޅިވަރު | 4 ދުވަސް ކުރިންމިރޭގައި ކުޅޭ މެޗު ފެށުމުގެކުރިން ފްލިކް ޝަކުވާކުރަންފަށައިފި، މިފަހަރު ގޯސްވީ ދަނޑުގެ ވިނަގަނޑުކުޅިވަރު | 5 ދުވަސް ކުރިންޔަމާލުގެ މޮޅުކުޅުމާއެކު ޑާބީމެޗު ކާޟިޔާޞުކޮށް ލީގުގައި ނުވަޕޮއިންޓްގެ ބޮޑު ފަރަގެއްކުޅިވަރު | 7 ދުވަސް ކުރިން