logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސާގެ މެޗު މަޔާމީގައި ކުޅެން ނިންމުމާއެކު ލަލީގާގެ ކުޅުންތެރިން މެޗު ހުއްޓާލައި އިހުތިޖާޖުކުރަން ފަށައިފި

އަބްދުﷲ ޣާނިމް
18 އޮކްޓޯބަރު 2025 - 04:40
މެޗު ފެށިގެން ފުރަތަމަ 15 ވަރަކަށް ސިކުންތު ކުޅުންތެރިން ކުޅުން ހުއްޓާލައިގެން
މެޗު ފެށިގެން ފުރަތަމަ 15 ވަރަކަށް ސިކުންތު ކުޅުންތެރިން ކުޅުން ހުއްޓާލައިގެން

މި ޑިސެމްބަރު 20 ގައި ބާސެލޯނާ އާއި ވިއަރެއާލް ގެ މެޗު އެމެރިކާގެ މަޔާމީގައި ކުޅެން ހަމަޖެހިފައިވާކަމަށް ސްޕެއިންގެ ލަލީގާއިން މި މަހު އިއުލާން ކޮށްފައިވާއިރު، މިަކަމާ ލަލީގާގެ ކުލުންތެރިން އިހުތިޖާޖުކުރަން ފަށައިފިއެވެ. އެގޮތުން މިކަމާދެކޮޅަށް މިހަފްތާ ބަންދުގައި މެޗު ތެރެއިން ކުޅުންތެރިން ކުޅުން ހުއްޓާލުމަށް ރޭވިފައިވެއެވެ.

އެގޮތުން ރޭގައި ކުޅުނު ރެއަލް އޮވީޑޯ އާއި އެސްޕަންޔޯލްގެ މެޗގައި ރެފްރީ ކަށިގަނޑު މުެ، މެޗު ފެށުނު ފަހުން ފުރަތަމަ 15 ސިކުންތު ވަންދެން ހުރިހާ ކުޅުންތެރިން ތިބީ އެއްވެސް ހަރަކާތެއް ނުކޮށް ހުއްޓިފައެވެ. މިއީ ލަލީގާގެ މެޗެއް ސްޕެއިނުން ބޭރުގައި ކުޅުމަށް ނިންމި ނިންމުމާމެދު ކުޅުންތެރިން ކުރި އިހުތިޖާޖެކެވެ. ސްޕެނިޝް ފުޓްބޯޅަ ކުޅުންތެރިންގެ އެސޯސިއޭޝަނުން ބުނެފައިވަނީ މިފަދަ އިހުތިޖާޖުތައް ލީގުގެ އެހެން މެޗުތަކުގައިވެސް ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް ބާސެލޯނާ އާއި ވިއަރެއާލްގެ މެޗުތަކުގައި މިފަދަ އިހުތިޖާޖެއް ނުކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިހުތިޖާޖުގެ މަންޒަރުތައް ލަލީގާގެ ލައިވް ބްރޯޑްކާސްޓްގައި ދައްކާފައެއް ނުވެއެވެ.އެގޮތުން މިވަގުތުކޯޅުގައި އެޓީވީތަކުން ދައްކާފައިވަނީ ދަނޑު ބޭރުގެ ވީޑިއޯ ތަކާއި، ސްކޯ ބޯޑާއި ކޯޗާއި މިފަދަ އެހެން މަންަރުތަކެވެ. ކުޅުންތެރިން ހަރަކާތްތެރިވާން ފެށުމުން ކަމަށްވާ 25 ވަރަކަށް ސިކުންތު ފަހުން ބްރޯޑްކާސްޓް ފެށިއެވެ.

ބާސެލޯނާގެ ކޯޗު ހާންސީ ފްލިކް ވަނީ "4,500 މޭލު ދަތުރުކޮށްގެން ލީގު މެޗެއް ކުޅުމާމެދު ކުޅުންތެރިން ހިތްހަމަނުޖެހޭ" ކަމަށް ބުނެފައެވެ. ނަމަވެސް ބާސެލޯނާގެ ރައީސް ޖުއާން ލަޕޯޓާ މިކަން ސަޕޯޓް ކުރައްވާ ކަމަށް ބުނެފައިވަނީ، ކުލަބުގެ ކުރީގެ ތަރި ލިއޯނަލް މެސީ މިހާރު އެމެރިކާގައި ކުޅެމުންދާއިރު، އެމެރިކާގެ ސްޕޯޓްސް މާކެޓަށް އިތުރަށް ވަދެގަތުމަށް މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބާސާގެ ކެޕްޓަން ޑިޔޮންގް ވެސް ވަނީ މީޑިޔާގައި ވާހަކަ ދައްކާފައެވެ.

ލަލީގާގެ ރައީސް ހާވިއަ ޓެބާސް ވަނީ އަހަރުތަކެއް ވަންދެން މިފަދަ މެޗެއް ބޭރުގައި ބޭއްވުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ކުޅުންތެރިންނާއި، ފޭންސް އަދި ކުލަބުތަކުން މިކަމާ އިދިކޮޅު ހަދަމުން އައީއެވެ. މިފަހަރު މި ޕްލޭން ކުރިއަށް ގެންދެވުނީ ޔުއެފާއިން ހުއްދަ ދިނުމުންނެވެ. މިފަދަ މެޗުތައް ހުއްޓުވުމަށް ފީފާގެ ސާފު ގަވާއިދުތަކެއް ނެތްކަމަށް ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސާގެ މެޗު މަޔާމީގައި ކުޅެން ނިންމުމާއެކު ލަލީގާގެ ކުޅުންތެރިން މެޗު ހުއްޓާލައި އިހުތިޖާޖުކުރަން ފަށައިފިކުޅިވަރު | 9 ގަޑިއިރު ކުރިންބާސެލޯނާގެ ރައީސްކަމަށް ކުރިމަތިލާން ތިބި ކެންޑިޑޭޓުން ލަޕޯޓާއާ ދެކޮޅަށް އެއްބައިވެއްޖެކުޅިވަރު | 4 ދުވަސް ކުރިންސުޕަލީގު އަތަށް ގޮވައި ބާސާއިންވެސް ޔުއޭފާ އާއި ގުޅެނީ، ރެއާލް އެކަނިވެއްޖެކުޅިވަރު | 7 ދުވަސް ކުރިންބާސެލޯނާއިން 3 އަހަރު ކުރިން ގަތް ކުޅުންތެރިންގެ ފައިސާގެ ގޮތުގައި 159 މިލިއަން ޔޫރޯ ދައްކަން އަދިވެސް އެބައޮތްކުޅިވަރު | 8 ދުވަސް ކުރިން