ސުޕަލީގު އަތަށް ގޮވައި ބާސާއިންވެސް ޔުއޭފާ އާއި ގުޅެނީ، ރެއާލް އެކަނިވެއްޖެ
11 އޮކްޓޯބަރު 2025 - 17:42

ރެއާލް މެޑްރިޑާއި ބާސެލޯނާ އިސްވެ، ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ޔޫރަޕިއަން ސުޕަލީގު ދޫކޮށް ބާސެލޯނާއި ޔުއޭފާ އާއި ގުޅުން ރަނގަޅުކުރުމަށް ޔޫރަޕިއަން ކުލަބް އެސޯސިއޭޝަން (އީސީއޭ) އާއި ގުޅުމަށް ނިންމާފައިވާކަމަށް ދާދިފަހުން މީޑިޔާގައި ވަނީ ޚަބަރުތައް ފެތުރިފައެވެ. މިއާއެކު ސުޕަލީގުގައި މިހާރު ބާކީ އޮތީ ރެއާލް މެޑްރިޑް އެކަންޏެވެ.
ޔޫރަޕުގެ ބޮޑެތި ގިނަ ކުލަބުތަކެއް އެއްވެ 2021 ވަނަ އަހަރުގައި ފީފާ އާއި ޔުއޭފާ އާއި ވަކިން ޔޫރަޕިއަން ސުޕަ ލީގުގެ ނަމުގައި ބޮޑު މުބާރާތެއް އިޢުލާނުކުރިނަމަވެސް އެސޯސިއޭޝަން ތަކާއި ފީފާ އާއި ޔުއޭފާގެ ފިއްތުންތަކާހުރެ، ކުލަބުތަކުން ވަނީ މުބާރާތުން ވަކިވެފައެވެ. އެގޮތުން މިއަދާއި ހަމައަށްވެސް ސުޕަލީގުން ވަކިނުވެ އޮތީ ފައުންޑިން މެންބަރުން ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑްއެވެ.

Ad by Hajj Corporation
މި މުބާރާތަކީ ޔުއޭފާ އާއި ފީފާއިން ބާއްވާ މުބާރާތްތަކުގައި ލިބޭ ގިނަފައިސާތައް ކުލަބުތަކަށް ނުދީ އެޖަމިއްޔާތަކުން ބޭނުންކުރަމުންދާތީ އެކަން ބަދަލުކޮށް، މުބާރާތުން ލިބޭ ހުރިހާ ފައިސާތަކެއް ޓީމުތަކަށް ބަހާލެވޭގޮތަށް އިންތިޒާމް ކުރުމަށް ރޭވިފައިވާ މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ބޮޑެތި އަދަދުތަކުން ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ. އަދި އޭގެ ފަހުން ޔުނފައި ލީގުގެ ނަމުގައިވެސް މިމުބާރާތް އެނބުރި އައުމަށް މަސައްކަތް ކޮށްފައިވެއެވެ.
މިކަމާއި އެންމެ ދެކޮޅަށް މަސައްކަތްކޮށްފައިވަނީ ޔުއޭފާ އާއި ޔޫރަޕިއަން ކުލަބް އެސޯސިއޭޝަން އަދި ޕީއެސްޖީގެ ރައީސް އަލް-ޚެލައިފީއެވެ. މިފަހުން އައިސް ބާސެލޯނާގެ ރައީސް ވަނީ އަލް-ޚެލައިފީއާއެކު ބައްދަލުވުންތަކެއް ބާއްވާފައެވެ. މިއާއެކު ބާސެލޯނާސުޕަލީގު ދޫކޮށްލާނެކަށް ގާތްގަނޑަކަށް ވަނީ ކަށަވަރުވެފައެވެ.
މީގެ އިތުރުން ޕީއެސްޖީގެރައީސް ނާސަރ އަލް-ޚެލައިފީ ވަނީ ޔޫރަޕިއަން ސުޕަރ ލީގުގެ މަސައްކަތް ދޫކޮށްލާ "ފުޓްބޯޅަރެ ޢާއިލާ" އަށް އެނބުރި އައުމަށް ރިއަލް މެޑްރިޑަށް ގޮވާލައްވާފައެވެ. މިއީ ޔުއެފާއާއެކު އަހަރުތަކެއް ވަންދެން ދެމިގެން ދިޔަ ގުޅުމުގެ ކަށިކަމަށް ފަހު، އެ ކްލަބަށް ދެއްވި ރަހުމަތްތެރިކަމުގެ އަތެއް ކަމުގައި ބެލެވެއެވެ.
ހޮނިހިރު ދުވަހު ރޯމްގައި ބޭއްވުނު ޔޫރަޕިއަން ފުޓްބޯޅަ ކްލަބްތަކުގެ (އީއެފްސީ) އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލް-ޚެލައިފީ ވިދާޅުވީ، "އަޅުގަނޑުމެންނަކީ އެއް ޢާއިލާއެއް. އަޅުގަނޑުމެން ބޭނުންވަނީ އެންމެން އެނބުރި އައުން. ރިއަލް މެޑްރިޑް ވެސް މެ. މިއީ އެމީހުންގެ ޢާއިލާ އަދި ގެ. މިއީ އެންމެންގެ ގެ" ކަމަށެވެ.