logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސެލޯނާއިން 3 އަހަރު ކުރިން ގަތް ކުޅުންތެރިންގެ ފައިސާގެ ގޮތުގައި 159 މިލިއަން ޔޫރޯ ދައްކަން އަދިވެސް އެބައޮތް

އަބްދުﷲ ޣާނިމް
10 އޮކްޓޯބަރު 2025 - 07:11
ބާސެލޯނާއިން 3 އަހަރު ކުރިން ގަތް ކުޅުންތެރިންގެ ފައިސާގެ ގޮތުގައި 159 މިލިއަން ޔޫރޯ ދައްކަން އަދިވެސް އެބައޮތް

ބާސެލޯނާގެ މާލީ ދަތިތައް އަދިވެސް ހައްލުނުވެ އޮތްކަން އެ ކުލަބުގެ އެންމެ ފަހުގެ މާލީ ރިޕޯޓުން ހާމަވެއްޖެއެވެ. އެގޮތުން ޑިއާރިއޯ އޭއެސްއިން ހާމަކުރި ގޮތުގައި، ތިން އަހަރަށްވުރެ ކުރިން ގަތް ކުޅުންތެރިންގެ ފައިސާގެ ގޮތުގައި 159 މިލިއަން ޔޫރޯ އެހެން ކުލަބުތަކަށް ދައްކަން އަދިވެސް އެބައޮތެވެ.

މި ދަރަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ ލީޑްސް ޔުނައިޓެޑަށެވެ. އެއީ ރަފިންހާ ގަތުމަށް ދައްކަންޖެހޭ 41.9 މިލިއަން ޔޫރޯއެވެ. މީގެ އިތުރުން ބަޔަން މިއުނިކަށް ރޮބަޓް ލެވަންޑޮވްސްކީ ގަތުމަށް 20 މިލިއަން ޔޫރޯ އަދި ސެވިއްޔާއަށް ޖުލްސް ކޮންޑޭ ގަތުމަށް 24.5 މިލިއަން ޔޫރޯ ދައްކަން އެބައޮތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މެންޗެސްޓަރ ސިޓީއަށް ފެރަން ޓޯރެސް ގަތުމަށް 13.3 މިލިއަން ޔޫރޯ އަދި ރެއަލް ބެޓިސްއަށް އެމަރސަން ރޯޔަލް ގަތުމަށް 6 މިލިއަން ޔޫރޯ ދައްކަން އެބައޮތެވެ. އަދި ރެންސް، ޖިރޯނާ، ވެލެންސިއާ އަދި ސްޕޯޓިންގ ސީޕީއަށްވެސް ކުދި އަދަދުތަކެއް ދައްކަން އެބައޮތެވެ.

މި ދަރަނީގެ ތެރެއިން 140.6 މިލިއަން ޔޫރޯއަކީ އަހަރެއްގެ ތެރޭގައި ދައްކަންޖެހޭ ކުރު މުއްދަތުގެ ދަރަންޏެވެ. އަދި 18.5 މިލިއަން ޔޫރޯއަކީ ދިގު މުއްދަތުގެ ދަރަންޏެވެ. ނަމަވެސް ބާސެލޯނާއަށްވެސް އެހެން ކުލަބުތަކުން ޖުމުލަ 64.1 މިލިއަން ޔޫރޯ ލިބެން އެބައޮތެވެ. މީގެ ތެރޭގައި އެފްސީ ޕޯޓޯއިން ނިކޯ ގޮންޒާލެޒްއަށް 6.7 މިލިއަން ޔޫރޯ، އަލް އަހުލީން ކެސީއަށް 4.1 މިލިއަން ޔޫރޯ އަދި ޝަހުތާ ޑޮނެޓްސްކުން މާލޮންއަށް 3.1 މިލިއަން ޔޫރޯ ހިމެނެއެވެ.

މި މާލީ ހާލަތު މިހެން އޮތްނަމަވެސް، ބާސެލޯނާއިން އެ ކުލަބުގެ މާލީ ރިކަވަރީ ޕްލޭނާމެދު އިތުބާރު ކުރާކަމަށް ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އާމްދަނީ އެއް ބިލިއަން ޔޫރޯއަށްވުރެ މަތިވާނެ ކަމަށް ލަފާކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާގެ ރައީސްކަމަށް ކުރިމަތިލާން ތިބި ކެންޑިޑޭޓުން ލަޕޯޓާއާ ދެކޮޅަށް އެއްބައިވެއްޖެކުޅިވަރު | ދުވަހެއް ކުރިންސުޕަލީގު އަތަށް ގޮވައި ބާސާއިންވެސް ޔުއޭފާ އާއި ގުޅެނީ، ރެއާލް އެކަނިވެއްޖެކުޅިވަރު | 4 ދުވަސް ކުރިންބާސެލޯނާއިން 3 އަހަރު ކުރިން ގަތް ކުޅުންތެރިންގެ ފައިސާގެ ގޮތުގައި 159 މިލިއަން ޔޫރޯ ދައްކަން އަދިވެސް އެބައޮތްކުޅިވަރު | 5 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ނުރުހުމާއެކުވެސް، ބާސާގެ ލީގު މެޗު މެސީގެ މަޔާމީ ސިޓީގައި ކުޅޭގޮތަށް ނިންމައިފިކުޅިވަރު | 9 ދުވަސް ކުރިން